ވިޔަފާރި

16 ސްޓޯލަކާއެކު މޯލްޑިވްސް ލިވިންގ އެކްސްޕޯ 2017 ފަށައިފި


16 ސްޓޯލަކާއެކު މޯލްޑިވްސް ލިވިންގ އެކްސްޕޯ 2017 ފަށައިފިއެވެ.

މިއަދުން ފެށިގެން 3 ދުވަހުގެ މުއްދަތަކަށް ނެޝަނަލް އާޓް ގެލެރީގައި ކުރިއަށްދާ މި ފެއާގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ބައިވެރިވެއެވެ. ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ މި އެކްސްޕޯ ހުޅުވައިދެއްވީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފްއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާސިފް ވިދާޅުވީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ގިނަ ފުރުސަތަކެއް އެބަހުރިކަމަށާއި ދިރިއުޅުމަށް އެޕާޓްމަންޓް ހޯދަން ބޭނުންވާ ފަރާތްތަކަށް މި އެކްސްޕޯގެ ތެރެއިން އެ ފުރުސަތު ތަނަވަސްވެފައިވާކަމަށެވެ.

މޯލްޑިވްސް ލިވިންގ އެކްސްޕޯއަކީ 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެކްސްޕޯއެކެވެ.