ތަރައްްޤީ

އައްޑޫ 19 މަގެއް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަނީ


އައްޑޫސިޓީގެ 19 މަގެއް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ޓެންޑަރކޮށް މިމަހުގެ ތެރޭގައި ކޮންޓެކްޓަރާ ޙަވާލުކުރައްވާނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީގެ ގިނަ މަގުތަކަކީ އަޑިގުޑަންވުމުގެ މައްސަލަތައް ގިނަ މަގުތަކެކެވެ. މި ސިޓީގެ ގުޅިފައިވާ ފަސްރަށާއި، ހުޅުމީދޫގައި ފަސް ކިލޯމީޓަރުގެ މަގު 2011 ވަނަ އަހަރު ތާރުއަޅުވައިގެން ވަނީ ހައްދާފައެވެ. ނަމަވެސް ގިނަ މަގުތައް ނުހަދައިހުރުމުން ތަފާތު ޙާދިސާތައް ހިނގަމުންދެއެވެ. ވެލިމަގުތަކުގައި ފެންބޮޑުވެ ޗަކަ ހެދިފައިހުރުމުން މިކަމުގެ އެންމެ ބޮޑު ދައްޗެއް ދިމާވަމުންދަނީ އެކިބޭނުންތަކަށް އެއްރަށުން އަނެއްރަށަށް ދަތުރުކުރާ އޮފީސްތަކުގެ މުވައްޒަފުންނަށާއި ސްކޫލްކުދިންނަށެވެ. އާބަދީގައި 33،000 އަށްވުރެ ގިނަ މީހުން ހިމެނޭ މިސިޓީގައި 6،000 އަށްވުރެ ގިނަ އުޅަނދު ދުއްވައެވެ. ތާރު މަގުތަކަށް ވެލިއެޅި އެކްސިޑެންޓުތައްވެސް ހިނގާފައި އެބަހުއްޓެވެ. މި ސިޓީގެ ރައްޔިތުން ތިބީ، ސަރުކާރުން މިސިޓީގެ މަގުތައް ހަދައިދެއްވާނެ ދުވަހެއްގެ އިންތިޒާރުގައެވެ. img:http://s4.psmnews.mv/images/660x400/14870849179021.jpg|އައްޑު ސިޓީގެ މަގެއް. އައްޑޫ ސިޓީގެ 19 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުން - ފޮޓޯ: ޕީއެސްއެމް

މި އިންތިޒާރުގައި ތިއްބައި ސަރުކާރުން ވަނީ އައްޑޫސިޓީ ހިތަދޫ، ފޭދޫ، މަރަދޫ، މަރަދޫފޭދޫ އަދި ހުޅުމީދޫގެ 19 މަގެއް ތާރު އަޅުއްވައިގެން ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރެއްވުމަށް ނިންމަވާފައެވެ. ހައުސިންގ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް ޢަބްދު ﷲ ޒިޔާދު ވިދަޅުވީ، އައްޑޫގައި އަލަށް ހައްދަވާ މަގުތަކުގެ ސަރވޭއާއި އިވެލިއުއޭޝަން ނިމިފައިވާ ކަމަށާއި، ޓެންޑަރ ކުރެވި މި މަހުގެ ތެރޭގައި ކެންޓެކްޓަރެއް ހޯދޭނެކަމަށް ލަފާކުރެއްވޭ ކަމަށެވެ. އަދި މި މަޝްރޫޢު ވަރަށް އަވަހަށް ފެށި އަންނަ އަހަރުގެ ތެރޭގައި މަގުތައް ހަދައި ނިންމާލެވޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

"ހަނިމަގުތައް ގިނަ ޢަދަދަކަށް އެބަހުރި. ހުރަސް މަގުތައް ބޮޑަށް ހަދަން ގަސްތުކުރަނީ. ސްކޫލާއި އޮފީސްތަކަށް އެކްސެސްވާ މަގުތަކަކީ ވާރޭ ވެހިއްޖާ ފެންބޮޑުވާ މަގުތަކެއް. އެހެންކަމުން ވީހާވެސް ރަނގަޅަށް ޑިޒައިންކޮށް މަގުތައް ހެދުމަށް ނިންމާފައިވަނީ." ހައުސިންގ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް ޢަބްދު ﷲ ޒިޔާދު ވިދާޅުވިއެވެ. img:http://s2.psmnews.mv/images/660x400/14870849360878.jpg|އައްޑު ސިޓީގެ މަގެއް. އައްޑޫ ސިޓީގެ 19 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުން - ފޮޓޯ: ޕީއެސްއެމް

ހުޅުމީދޫގެ މަގުތައް ރައްޔިތުން ބޭނުންވިގޮތަށް މިހާރުވެސް ހަދަމުންދާކަން ޒިޔާދު ފާހަގަކުރެއްވިއެވެ.

"ހުޅުމީދޫގެ މަގުތަކުގެ މަސައްކަތް މިހާރުވެސް ކުރިއަށްދޭ. އެރަށު ރައްޔިތުން ބޭނުންވިގޮތަށް އިތުރު މަގެއް ހެދުމުގެ މަސައްކަތް ކުރިއަށްދޭ. މިދޭތެރެއިން އެމްއާރުޑީސީގެ ބައެއް ވެހިކަލް މަރާތުކުރަން ޖެހުމުން މަސައްކަތް މަޑުޖެހުން. ނަމަވެސް އައު ވެހިކަލްތައް ގެނެސް މިހާރު މަސައްކަތް ކުރިއަށް އެބަދޭ" ހައުސިންގ މިނިސްޓްރީގެ ސީނައަރ އެގްޒެކްޓިވް ޢަބްދު ﷲ ޒިޔާދު ވިދާޅުވިއެވެ. img:http://s1.psmnews.mv/images/660x400/14870849513162.jpg|އައްޑު ސިޓީގެ މަގެއް. އައްޑޫ ސިޓީގެ 19 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުން - ފޮޓޯ: ޕީއެސްއެމް

މަގުތައް ހެދޭނެކަމުގެ އިންތިޒާރުގައި ތިބި އައްޑޫ ރައްޔިތުން މަގުތައް އަވަހަށް ހެދޭނެކަމުގެ ޚަބަރު ލިބުމުން ތިބީ އުފަލުންނެވެ. ޒަމާނީ ފެންވަރަކަށް މަގުތައް ތަރައްޤީކުރުމުން، ހިނގާބިނގާވާ މީހުންނަށް ފަސޭހަވެގެންދާނެއެވެ. އަދި ދުއްވާ އުޅަނދުފަހަރަށް ލިބޭ ގެއްލުންވެސް ކުޑަވެގެންދާނެއެވެ. img:http://s1.psmnews.mv/images/660x400/14870849655855.jpg|އައްޑު ސިޓީގެ މަގެއް. އައްޑޫ ސިޓީގެ 19 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުން - ފޮޓޯ: ޕީއެސްއެމް