ޚަބަރު

20 މީހުންނާއެކު ދަތުރުކުރަމުންދިޔަ ބޯޓެއް ފަރަށް އަރައިފި


މާލެއިން ފުރައިގެން 20 މީހުންނާއެކު ދަތުރުކުރަމުންދިޔަ ބޯޓެއް މާލެ އަތޮޅު ފަރަކަށް އަރައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މާލެ އަތޮޅު މަނިޔަފުށީ ފަރަށް އަރާފައިވަނީ މާލެއިން ފުރައިގެން ފުވައްމުލަކަށް ދަތުރުކުރަމުންދިޔަ ނާރެސް ނަމަކަށްކިޔާ ބޯޓުކަމަށެވެ. އަދި މިހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިބޯޓުގައި އަންހެނުންނާއި ކުޑަކުދިން ތިބިކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށާއި ބޯޓުގައި ތިބި މީހުން މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

އިތުރު ތަފްސީލް އަންނަނީ...