ޚަބަރު

ހެލްތް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަޤާމަށް ޛަހީން


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިނިސްޓްރީ އޮފް ހެލްތުގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

އެ މަޤާމަށް އައްޔަންކުރައްވާފައިވަނީ މުޙައްމަދު ޛަހީންއެވެ. މުޙައްމަދު ޛަހީން މި މަޤާމަށް އައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ މިނިސްޓްރީ އޮފް ހެލްތުގެ އެގްޒެކެޓިވް ކޯޑިނޭޓަރުގެ މަޤާމުގައެވެ.