ތަރައްްޤީ

މާފުށީގައި ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވަނީ


މާލެއަތޮޅު މާފުށީގައި ޤައިވާއިދާ ޚިލާފަށް ހިންގަމުންދާ ވިޔަފާރިތައް ހުއްޓުވުމަށް އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޚާއްސަ މަސައްކަތްތަކެއް އެރަށު ކައުންސިލުންފައްޓަވައިފިއެވެ. 

މާފުށީ ކައުންސިލުން ވިދާޅުވީ ޤަވާޢިދާ ޚިލާފަށް ކުރާވިޔަފާރިތައް ހުއްޓުވުމަށް މަސައްކަތް ފެށްޓެވީ މިކަމާގުޅިގެން ގިނަޝަކުވާތަކެއް އެ ކައުންސިލަށް ހުށަހަޅަމުންދާތީ ކަމުގައިއެވެ. ޤަވާޢިދާ އެއްގޮތަށް ހިންގަމުން އަންނަ ވިޔަފާރިތައް މިކަމުގެ ސަބަބުން ގެއްލުން ލިބެމުން އަންނަކަމުގެ ޝަކުވާ ލިބޭކަމަށް މާފުށީ ކައުންސިލުން ވިދާޅުވިއެވެ. 

މިހާރުވެސް ގިނަ ވިޔަފާރިތަކެއް ޤަވާއިދާ ޙިލާފަށް ހިންގަމުންދާތީ ކައުންސިލަށް ލިބެންޖެހޭ ޢާމްދަނީ އެންމެ ފުރިހަމަގޮތުގައި ލިބެމުން ނުދާކަމަށް މާފުށީ ކައުންސިލުން ވިދާޅުވިއެވެ. ކައުންސިލުން ވިދާޅުވީ ވިޔަފާރިތައް ޤަވާޢިދަށް ފައްތަން ކުރާ މަސައްކަތް ކުރަމުންދަނީ ކަމާގުޅުން ހުރި އިދާރާތަކާއި ގުޅިގެންކަމަށެވެ. 

މި މަސައްކަތަކީ ރަށުގައި އިޖުތިމާއީ ޒިންމާގެ ދަށުން، ކުރިއަށްގެންދާ މަސައްކަތެކެވެ. މާފުށްޓަކީ އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރިހިންގަމުން އަންނަ އެއަ ރަށެވެ. މާފުށީގައި 48 ގެސްޓްހައުސް ހިންގައެވެ.