ތަރައްްޤީ

މި އަހަރުވެގެންދާނީ ޗައިނާއާ ރާއްޖޭގެ ގުޅުމަށް ތާރީޚީ އަހަރަކަށް


މިއަހަރު ވެގެންދާނީ ދިވެހި ރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ގުޅުމަށް ތާރީޚީ އަހަރަކަށް ކަމުގައި ފޮރިން މިނިސްޓަރު ޑރ.މުޙައްމަދު އާސިމް ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރު މިހެން ވިދާޅުވީ ޗައިނާގެ ސްޕްރިންގ ފެސްޓިވަލް ފާހަގަކުރުމަށް ހޮޓެލް ޖެންގައި މިރޭ ބޭއްވެވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތްގުޅުމަށް އަލިއަޅުއްވާލައްވައި، މި އަހަރަކީ ދެޤައުމުގެ ގުޅުމަށް 45 އަހަރު ފުރޭ ތާރީޚީ އަހަރުކަން ފާހަގަކުރެއްވިއެވެ. އަދި ޗައިނާގެ ސްޕްރިންގ ފެސްޓިވަލުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާއި ދިވެހި ރައްޔިތުންގެ ނަމުގައި ޗައިނާގެ ރައީސަށާއި ރައްޔިތުންނަށް މިނިސްޓަރު ތަހުނިޔާ ވިދާޅުވެފައިވެއެވެ.