ޚަބަރު

ކަސްޓަމްސްގެ މުވައްޒަފުންނަށް ޝަރަފްގެ ކުލަ ދެއްވައިފި


މޯލްޑިވްސް ކަސްޓަމްސް ގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެތަނުގެ މުވައްޒަފުންނަށް ޝަރަފްގެ ކުލަ ދެއްވައިފިއެވެ. 

މިއަދު މޯލްޑިވްސް ކަސްޓަމްސްގައި ބޭއްވި ޚާއްސަ ރަސްމިޔާތުގައި މުވައްޒަފުންނަށް ކުލަ ޙަވާލުކޮށްދެއްވީ ހޯމް މިނިސްޓަރ އަޒްލީން އަޙުމަދެވެ. 

ކަސްޓަމްސް މުވައްޒަފުންނަށް މިއަދު ދެއްވި ޝަރަފްގެ ކުލަ އާއި މެޑަލް ތަޢާރަފްކުރެއްވީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް 125 އަހަރު ފުރުމުގެ މުނާސަބަތުގައި 2015 ވަނަ އަހަރު ބޭއްވި ރަސްމީ ޖަލްސާގައެވެ. 

އެގޮތުން ފުރަތަމަ ފަހަރަށް ދެއްވާ ޝަރަފްގެ ކުލަ ދެ ބަޔަކުން ދެއްވާފައިވެއެވެ. އެއީ ޤާބިލްކަމުގެ ކުލައާއި ކާމިޔާބުގެ ކުލައެވެ. މިއަދު 600 މުވައްޒަފުންނަށް ވަނީ ޤާބިލްކަމުގެ ކުލަ ދެއްވާފައެވެ. އަދި 79 މުވައްޒަފަކަށް ކާމިޔާބުގެ ކުލަ ދެއްވާފައިވެއެވެ.