ޚަބަރު

މުދާ އުފުލާ ދޯންޏެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި


ހަލަވެލި ރިސޯޓުން ފުރައިގެން ކ.ތިލަފުއްޓަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ. 

އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާގޮތުގައި އަލިފާންރޯވީ "ރޭވަ" ނަމަކަށްކިޔާ މުދާ އުފުލާ ދޯންޏެއްގައެވެ. މި ދޯނީގައި އަލިފާން ރޯވުމާގުޅިގެން އެމްއެންޑީއެފުގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެފައިވާކަމަށާ، މިހާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ވެފައިނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެހެންނަމަވެސް ދޯނީގެ އިންޖީނު ރޫމާ ދިމާލުން އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.

img:http://s1.psmnews.mv/images/660x400/14849888631988.jpg|"ރޭވަ" ދޯނީގެ އިންޖީން ރޫމް - ފޮޓޯ: އެމްއެންޑީއެފް

މި ހާދިސާގައި އެ ދޯނީގެ އިންޖީނު ރޫމުގައި ހެދިފައިވާ ދިޔަގަނޑު ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އާއި ފަޔަރމަނުންގެ ޓީމުން ވަނީ ހަރަކާތްތެރި ވެފައި ކަމަށްވެސް އެފަރާތުން މަޢުލޫމާތު ދެއްވައެވެ. މިއަދު ހެނދުނު ހިނގި މިހާދިސާގައި ރޯވެފައިވަނީ ދޯނީގެ އިންޖީނު ރޫމުގައެވެ. އަދި ރޯވި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ ދޯނީގެ ފަޅުވެރިން ކުރި މަސައްކަތުން އެދޯނީގައި ހުރި ފަޔަރ އެސްޓިންގުއިޝަަރ ފުޅި ބޭނުންކޮށްގެންކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.