ޚަބަރު

"ރަންވޭލާ" ކެމްޕޭން މާލެ އަތޮޅުގައި ފަށްޓަވައިފި


މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީން ހިންގަވާ "ރަންވޭލާ" ކެމްޕޭން މާލެ އަތޮޅުގައި ފަށްޓަވައިފިއެވެ.  

މާލެ އަތޮޅުގައި މި ކެމްޕޭން ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމެލީ ޒެނީޝާ ޝަހީދު ޒަކީއެވެ.

ދުވަސްވީ މީހުންނަށް އަމާޒުކުރައްވައިގެން ފެށްޓެވި "ރަންވޭލާ" ކެމްޕޭން އިފްތިތާހު ކުރެއްވީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 14 ވަނަ ދުވަހުއެވެ.

img:http://s3.psmnews.mv/images/660x400/14849861609659.jpg|"ރަންވޭލާ" ކެމްޕޭން މާލެ އަތޮޅުގައި ފެށްޓެވުމަށް ބޭއްވި ރަސްމިޔާތު - ޕޮޓޯ: ޕީއެސްއެމް

މިކެމްޕެއިންގެ މައިގަނޑު މަޤްޞަދަކީ، ޢުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން މުޖުތަމަޢާއި ޢާއިލާތަކުގެ ތެރޭގައި އިތުރުކުރުމާއިއެކު، އެފަދަ މީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބޭނޭ ގޮތްތައް މަގުފަހި ކޮށްދިނުމެވެ.

އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރަން މަސައްކަތް ކުރެއްވުންވެސް މި ކެމްޕެއިން ތެރޭގައި ހިމެނޭކަމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީން ވިދާޅުވެއެވެ.  

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމެލީ ޒެނީޝާ ޝަހީދު ޒަކީ މި އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދުވަނީ ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވެސް  ޒިޔާރަތްކުރައްވާފައެވެ.