ތަރައްްޤީ

73 އެޕާޓްމަންޓް ތަރައްޤީކުރުމަށް ޖައުސާއާ ހަވާލުކޮށްފި


"ދި ގާރޑެންސް  އެގްޒޯޓިކް އެލިގެންސް"ގެ ނަމުގައި ހުޅުމާލޭގައި ކޮންޑޮމީނިއަމްއެއް ތަރައްޤީކުރުމަށް ޖައުސާ އިންވެސްޓްމެންޓާ ހަވާލުކޮށްފިއެވެ.

73 އެޕާރޓްމެންޓް ހިމެނޭ މި ކޮންޑޮމީނިއަމްގެ މަސައްކަތް މި އަހަރުގެ މެއި މަހު ފަށާ، 2019 ވަނަ އަހަރުގެ ކުރީކޮޅު ނިންމުމަށްވަނީ ތާވަލްކޮށްފައެވެ.

ޖައުސާ އިންވެސްޓްމެންޓްގެ މެނޭޖިންގ ޑިރެކްޓަރ ޖަހުދާން ޖައުފަރު ވިދާޅުވީ، 12 ބުރި ހިމެނޭގޮތަށް ދެ ޓަވަރަކަށް އިމާރާތްކުރާ މި ކޮންޑޮމީނިއަމްގައި އެއްކޮޓަރީގެ އެޕާރޓްމެންޓުން ފެށިގެން 5 ކޮޓަރީގެ އެޕާރޓްމެންޓް ހިމެނޭކަމަށެވެ.

ދެ ޓަވަރުގެ ފުރަތަމަ ދެ ބުރި ޚާއްސަ ކޮށްފައިވަނީ ވިޔަފާރިތަކަށްކަމަށާއި ކޮންމެ ޓަވަރެއްވެސް ފަރުމާކޮށްފައިވަނީ، ސްވިމިންގ ޕޫލްވެސް ހިމެނޭ ގޮތަށްކަމަށް ޖަހުދާން ވިދާޅުވިއެވެ.

މާދަމާއިން ފެށިގެން މި އެޕާޓްމަންޓްތަކަށް ޕްރީ ބުކިންގ ހެދުމަށް ފުރުޞަތު ހުޅުވާލާނެކަމަށާއި މި ތަނާއި ބެހޭ މައުލޫމާތު ދިގާރޑެންސް ޑޮޓް އެމްވީ ފޭސްބުކް ޕޭޖުންވެސް ލިބޭނެކަމަށް ޖައުސާއިން މަޢުލޫމާތުދެއެވެ.

 ހުޅުމާލޭގައި ވިޔަފާރީގެ އުސޫލުން އެޕާރޓްމަންޓް ކޮމްޕްލެކެސް ހެދުމުގެ މަސައްކަތް މިހާރުވެސް 15 ކުންފުންޏަކުން ކުރަމުންދެއެވެ.