ވިޔަފާރި

ކަށަވަރު ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި


"އެމް.ޓީ.ސީ.ސީ ކަށަވަރު ޕްރޮމޯޝަން"ގައި އެއްލައްކަ ރުފިޔާގެ ސުޒުކީ އައުޓުބޯޑު އިންޖީން ލިބޭ ނަސީބުވެރިޔާ ހޮވައިފިއެވެ.

މިއަދު އެމްޓީސީސީގެ ކަށަވަރު ޝޯރޫމްގައި ބޭއްވި ގުރުއަތު ނެގުމުގެ ޙަފްލާގައި، އެއްލައްކަ ރުފިޔާގެ ސުޒުކީ އައުޓުބޯޑު އިންޖީން ލިބޭ ނަސީބުވެރިޔަކަށް ހޮވިފައިވަނީ ކ.ގާފަރު، ނޫމާ، ޔަޢުޤޫބު ޢަބުދުލްކަރީމެވެ. މިއަހަރުގެ ކަށަވަރު ޕްރޮމޯޝަނާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ޕްރޮޑަކްޓް އޮފިސަރ ސާމިޙު ޝެހްނާޒް ވިދާޅުވީ، މިޕްރޮމޯޝަނަށް ޢާއްމުންގެ ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށެވެ. އަދި އެއް އަހަރުން އަނެއް އަހަރަށް މި ޕްރޮމޯޝަނަށް ލިބޭ ތަރުޙީބު އިތުރުވަމުންދާކަން ސާމިޙު ފާހަގަކުރެއްވިއެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރުމަހު ކުރިއަށްގެންދާ އެމްޓީސީސީ ކަށަވަރު ޕްރޮމޯޝަނަކީ، ކަށަވަރު ޝޯރޫމުން 50,000 ރުފިޔާއިން މަތިން ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް ލަކީ ޑްރޯގައި ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.