މުނިފޫހިފިލުވުން

އޭބީޔޫ ޑާންސް ފެސްޓިވަލުގައި ދިވެހި ޓީމުގެ ހުށަހެޅުން މާދަމާ!


އިންޑިޔާގެ ހައިދަރުއާބާދުގައި ބާއްވާ، އޭޝިޔާ ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަން، އޭބީޔޫ އިންޓަރނޭޝަނަލް ޑާންސް ފެސްޓިވަލުގައި މިއަހަރު ރާއްޖެ ތަމްސީލްކުރާ ދިވެހި ޓީމުގެ ރިހާސަލް ބާއްވައިފިއެވެ.

ރާއްޖޭގެ 6 ފަންނާނަކު ބައިވެރިވާ މިފެސްޓިވަލުގައި އެބައިވެރިންގެ ހުށަހެޅުންތައް އޮންނާނީ މާދަމާއެވެ. އޭބީޔޫ ފެސްޓިވަލުގައި ފަންނާނުން ބައިވެރިވަނީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ފަރާތުންނެވެ. މިފެސްޓިވަލުގައި ދުނިޔޭގެ އެކި ޤައުމުތަކުން ފަންނާނުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި އިންޑިޔާ މޮންގޯލިއާ، އަފްޣާނިސްތާން، އިންޑޮނޭޝިޔާ، ފިލިޕީންސް އަދި މެލޭޝިޔާ ހިމެނެއެވެ.

img:http://s2.psmnews.mv/images/660x400/14842061119330.jpg|އޭބީޔޫ އިންޓަރނޭޝަނަލް ޑާންސިންގ ފެސްޓިވަލުގައި މިއަހަރު ރާއްޖެ ތަމްސީލްކުރާ ދިވެހި ޓީމު- ފޮޓޯ: ޕީއެސްއެމް

މި ޑާންސް ފެސްޓިވަލް ޓީވީއެމްއާއި ޔެސް ޓީވީ އަދި ޕީއެސްއެމްގެ ފޭސްބުކް ޕޭޖުން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ފެސްޓިވަލް ފެށޭނީ ރާއްޖެ ގަޑިން މާދަމާރޭ 7:00ގައެވެ.