މުނިފޫހިފިލުވުން

ޕްރިޒަން ބްރޭކް އެނބުރިއައުން، އެޕްރީލް 4 ގައި !


ދިވެހިންގެ ވެސް ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ އެމެރިކާގެ މަޝްހޫރު ޓީވީ ޑްރާމާ ސިލްސިލާ "ޕްރިޒަން ބްރޭކް" އަންނައެޕްރީލް 4 ވަނަދުވަހު އަނެއްކާވެސް ޓީވީ ސްކްރީނަށް އަންނާނެއެވެ. 

2005 ވަނަ އަހަރު ޓީވީންދައްކަންފެށި ޑްރާމާ ސިލްސިޔާ ނިންމާލީ 2009 ވަނަ އަހަރު އެވެ. ޕްރިޒަން ބްރޭކް ވަނީގޯލްޑަން ގްލޯބް އަދި އެމީ އެވޯޑްސް އަށް ވެސް ހޮވިފައެވެ. 29 އޮގަސްޓް 2005 ގައިއެންމެ ފުރަތަމަ މި ސިލްސިލާ ދައްކާފައިވަނީ ފޮކްސްބްރޯޑްކާސްޓިންގ ކޮމްޕެނީ އިންނެވެ. 

މި ޑްރާމާ ސިލްސިލާ ބިނާވެފައިވަނީ ޖަލަށްލާފައިވާ "ލިންކިން ބަރޯލްސް " ޖަލުން ސަލާމަތް ކުރުމަށް އޭނާގެ ކޮއްކޮ  "މައިކަލް ސްކޯފިލްޑް" ކުރާ މަސައްކަތުގެމައްޗަށެވެ. ޕްރިޒަން ބްރޭކްޕްރޮޑިއުސްކުރަނީ ޓްވެންޓީތް ސެންޗަރީ ފޮކްސް އާއި، އެޑަލް ސްޓެއިން ޕަރައުސްޕްރޮޑަކްޝަން ގުޅިގެންނެވެ. އަދި މިޝޯ އުފެއްދީ ޕައުލް ސްކައުރިންގ އެވެ.ޕްރިޒަން ބްރޭކްގެ ތީމް މިއުޒިކް އުފައްދާފައިވަނީ ރަމީން ޑިޖަވާޑީ އެވެ. 

2009 ވަނަ އަހަރު "ޕްރިޒަންބްރޭކް" ނިންމާލާފައި ވީނަމަވެސް، އެޑްރާމާ އަނެއްކާވެސް އެނބުރި އަންނާނެކަމުގެޔަޤީންކަން މިހާރު މިވަނީ ލިބިފައެވެ.  



އޮރިޖިނަލް ސީރީޒް އިން ފެނުން ލީޑް ކެރެކްޓަރުންކަމަށްވާ ވެންޓްވޯތު މިލާ އާއި ސެރާ ވޭން ކެލީސްއާއި ޑޮމިނިކް ޕާސެލް އެޕްރީލް 4ގައި ދައްކަންފަށާ އައު ސީރީޒް އިންވެސް ފެންނާނެއެވެ.