ޚަބަރު

އޭބީޔޫ ޑާންސް ފެސްޓިވަލުގައި ބައިވެރިވާ ދިވެހި ޓީމް ފުރައިފި


އިންޑިޔާގެ ހައިދަރު އާބާދުގައިބާއްވާ، އޭޝިޔާ ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަން، އޭބީޔޫ އިންޓަރނޭޝަނަލްޑާންސިންގ ފެސްޓިވަލުގައި މިއަހަރު ރާއްޖެ ތަމްސީލްކުރާ ދިވެހި ޓީމް މިއަދުފުރައިފިއެވެ. img:http://s2.psmnews.mv/images/660x400/14842061119330.jpg|އޭބީޔޫ އިންޓަރނޭޝަނަލް ޑާންސިންގ ފެސްޓިވަލުގައި މިއަހަރު ރާއްޖެ ތަމްސީލްކުރާ ދިވެހި ޓީމު ފުރުން - ފޮޓޯ: ޕީއެސްއެމް

އޭބީޔޫ ޑާންސިންގ ފެސްޓިވަލުގައިރާއްޖޭގެ 6 ފަންނާނަކު ބައިވެރިވާނެއެވެ. މި ބައިވެރިންގެ ހުށަހެޅުންތައް އޮންނާނީމި މަހުގެ 15 ވަނަ ދުވަހުއެވެ. އޭބީޔޫ ފެސްޓިވަލުގައި ފަންނާނުން ބައިވެރިވަނީޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ ފަރާތުންނެވެ. img:http://s2.psmnews.mv/images/660x400/14842061349176.jpg|އޭބީޔޫ އިންޓަރނޭޝަނަލް ޑާންސިންގ ފެސްޓިވަލުގައި މިއަހަރު ރާއްޖެ ތަމްސީލްކުރާ ދިވެހި ޓީމު ފުރުން - ފޮޓޯ: ޕީއެސްއެމް

އޭބީޔޫ ޑާންސިންގ ފެސްޓިވަލުގައި ދުނިޔޭގެ އެކިޤައުމުތަކުން ފަންނާނުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި އިންޑިޔާ މޮންގޯލިއާ،އަފްޣާނިސްތާން، އިންޑޮނޭޝިޔާ، ފިލިޕީންސް އަދި މެލޭޝިޔާ ހިމެނެއެވެ. img:http://s4.psmnews.mv/images/660x400/14842061503824.jpg|އޭބީޔޫ އިންޓަރނޭޝަނަލް ޑާންސިންގ ފެސްޓިވަލުގައި މިއަހަރު ރާއްޖެ ތަމްސީލްކުރާ ދިވެހި ޓީމު ފުރުން - ފޮޓޯ: ޕީއެސްއެމް