ވިޔަފާރި

އެސްޓީއޯއިން ވިއްކާ ޕެޓްރޯލްގެ އަގަށް ބަދަލުގެނެސްފި


އެސްޓީއޯއިން ވިއްކާ ޕެޓްރޯލްގެ އަގު މިއަދު ބޮޑުކޮށްފިއެވެ.

މިކަމާއި ބެހޭގޮތުން އެސްޓީއޯއިން ބުނީ، އެކުންފުނިން ވިއްކާ ޕެޓްރޯލް، ލީޓަރަކުން 30 ލާރި ބޮޑުކޮށްފައިވާކަމަށެވެ. ތެލުގެ އަގަށް ގެނައި ބަދަލާއި ގުޅިގެން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކަމުންދާނީ 9.35 ރުފިޔާއަށްކަމަށް އެސްޓީއޯއިން ބުނެއެވެ. ޕެޓްރޯލްގެ އަގަށް މިއަދު ބަދަލު ގެނައުމުގެ ކުރިން، އެސްޓީއޯއިން ޕެޓްރޯލް ލިޓަރެއް 9.5 ރުފިޔާއަށެވެ.

ޕެޓްރޯލްގެ އަގަށް ބަދަލު ގެންނަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިޔުމާ ގުޅިގެންކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ޕެޓްރޯލްގެ އަގަށް ބަދަލުގެނެސްފައިވާއިރު، މިދިޔަ ޑިސެމްބަރ މަހު އޯޕެކް ބައްދަލުވުމުގައި، އެޖަމްޢިއްޔާގައި ހިމެނޭ ޤައުމުތަކުންވަނީ، ތެޔޮ އުއްފައްދާ މިންވަރު މަދުކުރުމަށް އެއްބަސްވެފައެވެ. މި އެއްބަސްވުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ އުފުލިފައެވެ. ފާއިތުވެދިޔަ ދެ އަހަރުވެސް އޯޕެކުން ތެޔޮ އުފައްދާ މިންވަރު މަދުކުރުމަށް ނިންމުމާ ގުޅިގެން ތެލުއަގު މައްޗަށް ގޮސްފައިވާ ކަން ފާހަގަކޮށްލެވެއެވެ.