ޚަބަރު

މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި


އަލިފާނުގެ ހާދިސާ ހިނގި ކާޕެންޓްރީ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ-

މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މި ހާދިސާ ހިނގާފައިވަނީހ.ސަދުބަރަކާ ގޯޅީގައި ހުންނަ ހ.ބްރައިޓް ކޯނަރ ގޭގެ ތިރީބައިގައި ހުރި ޑީއެފް ކާޕެންޓްރީގައެވެ.

މި ކާޕެންޓްރީގައި ރޯވި އަލިފާން މިހާރުކޮންޓްރޯލް ކުރެވިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މި ހާދިސާގައި އެކާޕެންޓްރީއަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް އަދި ސާފެއްނުވެއެވެ.