ވިޔަފާރި

ޑެނިޝް އެއަރގެ ޗާޓަރ ދަތުރުތަކެއް ގަމަށް ފަށައިފި


ޑެންމާކުގެ ޑެނިޝް އެއަރ ޓްރާންސްޕޯޓްއިން، ގަން އިންޓަރނޭޝަން އެއަރޕޯޓަށް ޗާޓަރ ދަތުރުތަކެއް ފަށައިފިއެވެ. 

މި ދަތުރުތަކަކީ ކެނަރީފް ރިސޯޓަށް އަންނަ ފަތުވެރިންނަށް ޚާއްސަކޮށް ކުރާ ދަތުރުތަކެއްކަމަށް ޑެނިޝް އެއަރއިން މައުލޫމާތުދެއެވެ. އެގޮތުން އިއްޔެ ފެށި މިދަތުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ އަށާރަވަނަ ދުވަހުގެ ނިޔަލަށެވެ. ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖުމްލަ 18 ދަތުރުކުރުމަށް ޑެނިޝް އެއަރއިން ނިންމާފައިވާއިރު ގަމަށް ދަތުރުކުރަނީ އޭތްރީ ޓްވެންޓީ މަރުކާރުގެ ސަތޭކަ އަށްޑިހަ މީހުންގެ ޖާގައިގެ ބޯޓެއްކަމަށް އެއަރލައިން އިން މަޢުލޫމާތުދެއްވައެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެވެސް ބުދަ ދުވަހުއެވެ. 

ޑެނިޝް އެއަރއިން އައްޑޫ ސިޓީ ގަމަށް މި ފަހަރު ކުރި ފުރަތަމަ ދަތުރުގައި 70 ފަތުވެރިން ވަނީ ކެނެރީފް ރިސޯޓަށް އައިސްފައެވެ. ކެނަރީފް ރިސޯޓުން ބުނީ ޑެނިޝް އެއަރއިން ފަށާ ޗާޓާ ދަތުރުތަކާއެކު ކޮންމެ އަހަރަކުވެސް އެރިސޯޓަށް ޔޫރަޕުން އަންނަ ފަތުވެރިންގެ އަދަދު އިރުވާކަމުގައެވެ.