ޚަބަރު

ވޭސްޓް ކަލެކްޝަން ސެންޓަރުގެ އޮޕަރޭޝަންތައް ފައްޓަވައިފި


މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި ހިމެނޭ ވޭސްޓް ކަލެކްޝަން ސެންޓަރުގެ އޮޕަރޭޝަންތައް ރަސްމީކޮށް ފައްޓަވައިފިއެވެ. img:http://s3.psmnews.mv/images/660x400/14823232763527.jpg|ކުނި ޖަމާކުރުން އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދަށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވޭސްޓް ކަލެކްޝަން ސެންޓަރުގެ އޮޕަރޭޝަންތައް ރަސްމީކޮށް ފައްޓަވައިދެއްވީ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒާއި އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމެވެ. ވޭސްޓް ކަލެކްޝަން ސެންޓަރުގެ މަސައްކަތް އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދުގައި ފެށިގެންދިއުމާއެކު މާލޭގައި އުފެދޭ ކުނި ޖަމާކޮށް މެނޭޖްކުރުމުގެ މަސައްކަތް ކުރެވެމުންދާނީ އިންޑަސްޓްރިއަލް ވިލެޖްގައެވެ. img:http://s1.psmnews.mv/images/660x400/14823233056418.jpg|ކުނި ޖަމާކުރުން އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދަށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ މާލޭގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް މިއަދުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދަށް ބަދަލުވެފައިވާއިރު މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން މާލޭގެ ގޭގެއިން ކުނި ކަލެކްޓް ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. img:http://s2.psmnews.mv/images/660x400/14823233825779.jpg|ކުނި ޖަމާކުރުން އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދަށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން މިނިސްޓަރ ތާރިޤް ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

މިނިސްޓަރ ތާރިޤް އިބްރާހީމްގެ ވާހަކަފުޅުގައި ކުނި ކަލެކްޓް ކުރާނެ އިތުރު 3 ލޭންޑިންގކްރާފްޓް ބަނުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުން ގެންދަވާކަން ހާމަކުރެއްވިއެވެ. ވޭސްޓް މެނޭޖްމަންޓް ޔުނިޓެއްގެ ގޮތުގައި ފެއްޓެވި މަސައްކަތް ވޭސްޓް މެނޭޖްމަންޓް ޑިޕާޓްމަންޓެއް އުފެދި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި 2018 ވަނަ އަހަރުގެ ނިޔަލަށް މާލޭގެ ކުނީގެ މައްސަލައަށް އެދެވޭ ޙައްލެއް ސަރުކާރުން ހޯއްދަވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ. img:http://s2.psmnews.mv/images/660x400/14823233508222.jpg|ކުނި ޖަމާކުރުން އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދަށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން މިނިސްޓަރ މުޢިއްޒު ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖުގައި ކުނި މެނޭޖްކުރުމަކީ ރައީސް ޔާމީންގެ ތަސައްވުރެއް ކަމަށެވެ.