ޚަބަރު

އެމް.އެން.ޑީ.އެފަށް ނެނޯ ޕާޓިކަލްސް އެސްޓިންގިއުޝަރ ހަދިޔާކޮށްފި


ގޭޖް ފަޔަރ އެންޑް ސޭފްޓީގެ ފަރާތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމް.އެން.ޑީ.އެފަށް އަލިފާން ނިއްވާ އާލާތެއްކަމުގައިވާ ނެނޯ ޕާޓިކަލްސް އެސްޓިންގިއުޝަރ ހަދިޔާކޮށްފިއެވެ.

އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއު ޓްރެއިނިންގ ސްކޫލުގައި ލޯންޗްކުރި މި ފަޔަރ އެކްސްޓިންގިއުޝަރ އަކީ ހުރިހާ ބާވަތެއްގެ އަލިފާން ނިއްވުމަށްވެސް ބޭނުން ކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ އެކްސްޓިންގިއުޝަރއެކެވެ. އަދި މި އެކްސްޓިންގިއުޝަރއަކީ އެހެން އެކްސްޓިންގިއުޝަރތަކާއި ޚިލާފަށް ކުޑަ ފުޅިއެއްގައި ބަންދުކުރެވިފައިވާ އެކްސްޓިންގިއުޝަރ އެއްކަމުން މިއީ ބަދިގޭގައި ހިނގާ އަލިފާނުގެ ޙާދިސާތަކުގައި އަލިފާން ނިއްވާލުމަށްޓަކައި ފަސޭހައިން ބޭނުން ކުރެވޭގޮތަށް ތައްޔާރުކުރެވިފައިވާ އަލިފާން ނިއްވާ އާލާތެކެވެ.

އެމެރިކާގެ ކުންފުންޏަކުން ޗައިނާގައި ތައްޔާރުކުރާ މި ޕްރޮޑަކްޓަކީ، ބޭނުން ކުރުމުން ތަކެއްޗައް އަދި މީހުނަށް ގެއްލުން ނުވާ ގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮޑަކްޓެއް ކަމަށް ގޭޖް ފަޔަރ ސޭފްޓީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝާމީ އާދަމް ވިދާޅުވިއެވެ. ޝާމީ ވިދާޅުވީ، ބާޒާރަށް މި ޕްރޮޑަކްޓް ނެރުމުގެ މައިގަނޑު މަޤްސަދަކީ، މިހާރު ގުދަންތަކުގަޔާއި ބަނދުކޮށްފައިހުރި ތަނތަނުގައި ހިނގާ ޙާދިސާތަކަށް ޙައްލެއް ގެނައުމުގެ ގޮތުން ކަމަށެވެ.

ގޭޖް އިން ވަނީ ތާރމަލް ޑިޓެކްޓަރ ހިމެނޭގޮތަށް ހުންނަ އަލިފާން ނިއްވާ ސިސްޓަމެއް ކަމުގައިވާ ނޭނޯ ޕާރޓިކަލް އެކްސްޓިންގުއިޝިން ސިސްޓަމް ވެސް ބާޒާރަށް ނެރެފައެވެ. މި ސިސްޓަމަކީ 60 ޑިގްރީއަށްވުރެ ފިނިހޫނުމިން މަތިވުމުން އަމިއްލައަށް އެކްޓިވޭޓް ވާގޮތައް ތައްޔާރުކުރެވިފައިވާ ސިސްޓަމެކެވެ.

ނޭނޯ ޕާރޓިކަލްސް ފަޔަރ އެކްސްޓިންގިއުޝަރ ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމް.އެން.ޑީ.އެފް ގެ ފަޔަރ އެންޑް ރެސްކިއު ކޮމާންޑިން އޮފިސަރ ކާރނަލް ޢަބްދުﷲ ޒުހުރީ ވިދާޅުވީ، އަލިފާނުގެ ޙާދިސާތަކުގައި ޢާންމުން ކޮށްދެއްވާ ޚިދުމަތަށް ޝުކުރުވެރިވާ ކަމަށެވެ. އަދި ފަޔަރ އެންޑް ސޭފްޓީގެ ޚިދުމަތްދޭ އަމިއްލަ ކުންފުނިތަކަށް ޒުހުރީ ވަނީ ޝުކުރު އަދާކުރައްވާފައިވެއެވެ.