ވިޔަފާރި

އަމާނާ ތަކަފުލްއަށް 3.1 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ


މި އަހަރުގެ މިހާތަނަށް އަމާނާ ތަކަފުލްއަށް ފައިދާގެ ގޮތުގައި 3.1 މިލިއަން ރުފިޔާ ލިބިފަވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ. 

އަމާނާ ތަކާފުލް މޯލްޑިވްސްގެ ފައިދާ އިތުރުވުމާއެކު، ޙިއްޞާދާރުންނަށް މި އަހަރުވެސް އިންޓެރިމް ޑެވިޑެންޓް ބަހަން އެކުންފުނިން ވަނީ ނިންމާފައެވެ. އެގޮތުން މިއަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް އެ ކުންފުންޏަށް ލިބުނު ފައިދާއިން ޙިއްޞާގެ މޫނުމަތީ އަގުގެ ގޮތުގައި ފަހެއް އިންސައްތަ ޑިވިޑެންޑްގެ ގޮތުގައި ޙިއްޞާދާރުންނަށް ބަހަން ނިންމާފައިވާ ކަމަށްވެސް އެކުންފުނިން މައުލޫމާތުދެއެވެ. 

ޙިއްޞާ ފައިދާގެ ގޮތުގައި ބަހަން ހުށަހެޅި މިންވަރު ފާސްކުރާނީ އަންނަ އަހަރުގެ ބާއްވާ އަހަރީ ޢާއްމު ޖަލްސާގައެވެ. އަމާނާ ތަކަފުލްއަކީ ދިވެހި ސަރުކާރުގެ 15 އިންސައްތަ ޙިއްޞާ އަދި މެލޭޝިއާގެ އިސްލާމިކް ކޯޕަރޭޝަންގެ ފޮރ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަގެ 85 އިންސައްތަ ޙިއްޞާ އޮންނަ ކުންފުންޏެކެވެ.