ޚަބަރު

"އެކުވެރިކަމުގެ ފެތުމުގެ ޗެލެންޖް" ބާއްވައިފި


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ޖެންޑަރަ މިނިސްޓްރީން އަމިއްލަ ބައެއް ފަރާތްތަކާ ގުޅިވަޑައިގެން މޫދު ކުޅިވަރުގެ ޚާއްޞަ ޙަރަކާތްތަކެއް ހިންގަވައިފިއެވެ. މި ޙަރަކާތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިން ޢަމަލީ ގޮތުން ބައިވެރިވިއެވެ. img:http://s4.psmnews.mv/images/660x400/14807754861611.jpg|ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ކުރިޔަށްގެންދެވި ހަރަކާތެއްގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސްކަމަށް ވުމާއެކު މިދުވަސް ފާހަގަކުރެއްވުމުގެ ހިންގެވި މޫދުކުޅިވަރުގެ ޙަރަކާތަކީ ޖެންޑަރ މިނިސްޓްރީން އިސްނަންގަވައިގެން އަމިއްލަ ބައެއް ފަރާތްތަކާ ގުޅިވަޑައިގެން ހިންގެވި ޙަރަކާތްތަކެކެވެ. އާރޓިފިޝަލް ބީޗްގައި ހިންގެވި މިޙަރަކާތް ކުރިޔަށް ގެންދެވީ "އެކުވެރިކަމުގެ ފެތުމުގެ ޗެލެންޖް" މި ނަމުގައެވެ. img:http://s2.psmnews.mv/images/660x400/14807754637090.jpg|ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ކުރިޔަށްގެންދެވި ހަރަކާތެއްގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

މި ޗެލެންޖްގައި ބައިވެރިވީ ސްރީލަންކާ އަސްކަރިއްޔާގެ ޚާއްޞަ ޕެރަ-ސްވިމިން ޗެމްޕިއަނުންނާއި ދިވެހިރާއްޖޭގެ ޤައުމީ ޓީމުގެ ފެތުންތެރިންނެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ބައެއް މީހުންނާއި ކުދިންވެސް މި ފެތުމުގައި ބައިވެރިވިއެވެ.

މި ޙަރަކާތް ފަށްޓަވައިދެއްވީ ބަންޑާރަ ނާއިބް އަލްއުސްތާޛު މުޙައްމަދު އަނިލްއެވެ. މި ރަސްމިއްޔާތުގައި ބަންޑާރަ ނައިބު ދެއްކެވި ވާހަކަފުޅުގައި، މިފަދަ ދުވަހެއް ފާހަގަކުރާއިރު އެންމެން ޢަޒުމު ކަނޑައަޅަންވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ފުރުޞަތުތައް ހުޅުއްވާލަދިނުމަށް ކަމަށް ވިދާޅުވިއެވެ. އަދި އެފަދަ މީހުންނަކީ ވެސް އެހެން މީހުންނެކޭ އެއްގޮތަށް ތަފާތު ހުނަރުތައް ލިބިފައިވާ ބައެއްކަން ބަންޑާރަ ނާއިބު ފާހަގަކުރެއްވިއެވެ. img:http://s4.psmnews.mv/images/660x400/14807756351825.jpg|ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ކުރިޔަށްގެންދެވި ހަރަކާތެއްގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ފެތުމުގެ ޗެލެންޖުގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޢާއިލާތަކުން ބައިވެރިވެފައިވެއެވެ. މި ޙަރަކާތުގައި ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީއާއި ޖެންޑަރ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޢާއިލާތަކުގެ މެންބަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ އަދި ކުޅިވަރުތައް ބަލަން ޙާޟިރުވިއެވެ.