ޚަބަރު

ޢުމްރާއަށްދާ މީހުން މިމަހުގެ 4 ވަނަ ދުވަހު ފުރާނެ


މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޢުމްރާއަށްދާ މީހުން މިމަހުގެ 4 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާ ކަމަށް އެކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި 30 މީހުން ޢުމްރާއަށް ފުރުމަށް ހަމަޖެހިފައިވެއެވެ. ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ، ޢުމްރާއަށްދާ މީހުންނަށް ފޮށްޓާއި ޙައްޖު ކިޓް ޙަވާލުކޮށް ނިމިފައިވާ ކަމަށާއި ދަތުރުގުޅޭ ގޮތުން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ވެސް ފޯރުކޮށްދީ ނިމިފައިވާކަމަށެވެ. ޙައްޖު ކޯޕަރޭޝަނުން ޑިސެމްބަރުމަހު ކުރާ ޢުމްރާ ދަތުރަށް ކަނޑައަޅާފައިވާ އަގަކީ ނަވާވީސް ހާސް ނުވަސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާއެވެ. 

ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޢުމްރާއަށް ދާ މީހުން އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. ރާއްޖޭގެ ބައެއް އަމިއްލަ ޖަމާޢަތްތަކުންވެސް ޢުމްރާއަށް ފުރުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.