ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރަނީ


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރަން ޙަރަކާތްތަކެއް ހިންގަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސްއޭބަލްސް، އެމް.އޭ.ޕީ.ޑީން ނިންމައިފިއެވެ.

މި ދުވަހުގެ ޝިޢާރަކަށް މިއަހަރު ޔޫއެންޑީޕީން ކަނޑައަޅާފައިވަނީ، "ވަން ބިލިއަން ވޮއިސަސް" އެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށް އެފަރާތްތަކަށް ބޭނުންވާ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ޑިސެމްބަރ 2 ވާ ހުކުރު ދުވަހު އެމްއޭޕީޑީގެ ފަރާތުން އޮޕޮޗުނިޓީ ވޯލްކްގެ ނަމުގައި ހިނގާލުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ހިނގާލުން ފެށޭނީ ހަވީރު 4:30 ގައި ސޯޝަލް ސެންޓަރ ކުރިމަތިން ކަމުގައި އެމްއޭޕީޑީން ބުނެއެވެ.

މީގެ އިތުރުން ޑިސެމްބަރ 3 ވަނަ ދުވަހު ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށްވެސް އެމްއޭޕީޑީން ވަނީ ނިންމާފައެވެ. މި ހަވީރުގައި ނުކުޅެދުންތެރިކަން ހުންނަ މީހުނަގެ ހުނަރު ދައްކާލުންވެސް އޮންނާނެ ކަމަށް އެމްއޭޕީޑީން ބުނެއެވެ.