ޚަބަރު

ނާއިބް ރައީސް މާލެ ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު އިންޑިޔާގެ ނިއުދިއްލީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދުގެ ހަވީރުގެ ވަގުތެއްގައި މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅަކީ މި މަހުގެ 22 ވަނަ ދުވަހު، ނިއުދިއްލީގައި ހުންނަ ތާޖް ޕެލެސް ހޮޓެލްގައި ބޭއްވެވި ތިންވަނަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި، އިންޑިޔާގެ ނައިބު ރައީސް އެމް. ޙާމިދު އަންސާރީއާއި ވެސް ވަނީ ބައްދަލުކުރައްވާފައެވެ. މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.