ޚަބަރު

ރާއްޖޭގައި ހިއުމަންޓްރެފިކް ކުރި ބަޔަކު 10 އަހަރަށް ޖަލަށް


ހިއުމަން ޓްރެފިކިންގ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި 3 ބިދޭސީއެއްގެ މައްޗަށް ކުށް ސާބިތުވެ ދިހަ އަހަރަށް ޖަލަށްލުމަށް ކުރިމިނަލްކޯޓުން ހުކުމްކުރައްވައިފިއެވެ.

2013 ވަނަ އަހަރު ޢަމަލުކުރައްވަން ފެއްޓެވި މީހުން ޓްރެފިކް ކުރުން ހުއްޓުވުމާބެހޭ ޤާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޙުކުމް އިއްވަވާފައިވަނީ ބަންގްލަދޭސް 3 ރައްޔިތެއްގެ މައްޗަށެވެ.

މި 3 މީހުންގެ މައްޗަށް މީހުން ޓްރެފިކް ކުރުން ހުއްޓުވުމާބެހޭ ޤާނޫނުގެ ދަށުން ދަޢުވާ އުފުއްލަވާފައިވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބަންގްލަދޭޝް އަންހެނަކު ރާއްޖެ ގެނެސް އޭނާ ޓްރެފިކް ކުރުމަށް މަސައްކަތް ކުރުމުގެ ތުހުމަތުގައެވެ. މިމައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވެވި ހުކުމްގައި ވަނީ  މި ތިން މީހުންގެ މައްޗަށް އެ ކުށް ސާބިތުވާކަމަށެވެ.

މީހުން ޓްރެފިކް ކުރުން މަނާކުރުމާބެހޭ ޤާނޫނު ފާސްކުރައްވާފައިވަނީ ދިވެހިރާއްޖޭގައި އިންސާނީ ވަގުފާރީގެ ޢަމަލުތައް ހުއްޓުވައި މަނާކުރުމުގެ މަޤުޞަދުގައެވެ.