ޚަބަރު

މަސްތުވާތަކެއްޗާއެކު، 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި


ނ. އަތޮޅުގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ޢުމުރުން 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. 

މިއީ އަމާން ވެށްޓެއް ޤާއިމްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަތަކަށް އަމާޒުކޮށްގެން ސިލްސިލާކޮށް ފުލުހުން ހިންގާ އޮޕަރޭޝަންތަކުގެ ތެރެއިން ނ. އަތޮޅުގައި މަސައްކަތްކުރައްވާ ފުލުހުން ހިންގި އޮޕަރޭޝަނެކެވެ. 

ނ. އަތޮޅުން ހައްޔަރުކުރި މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން  މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 2:30 ހާއިރު ހިންގި އޮޕަރޭޝަނެއްގައިކަމަށް ފުލުހުން ބުނެއެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު، އޭނާ ދިރިއުޅެމުންދާ ގެ، ބަލައި ފާސްކުރިއިރު، އެގޭ ކޮޓަރިއެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 5 ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން ހާމަކުރެއެވެ. އަދި އެމީހާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަމަށްވެސް ފުލުހުން ހާމަކުރެއެވެ.