ޚަބަރު

ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަކީ ރޮނާލްޑޯގެ ނިންމުމެއް, މަޑުކުރަން އެދުނިން- ޖީސުސް


  • ރޮނާލްޑޯގެ ބައިނަލްއަޤްވާމީ ކެރިއަރ ތާރީޚުގައި އަބަދުވެސް އޮންނާނެ

ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަކީ ރޮނާލްޑޯގެ އަމިއްލަ ނިންމުމެއް ކަމަށާއި, މަޑުކުރަން އެދުނު ކަމަށް ޕޯޗްގަލް ގައުމީ ޓީމްގެ ކޯޗު ޖީސުސް ބުނެފިއެވެ. ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކުރުމާ ގުޅިގެން ކޯޗު ޖީސުސް ބުނީ އޭނާއާ އެކު މަޑުކުރަން ރޮނާލްޑޯ ކައިރިން އެދުނު ކަމަށެވެ.
ކޯޗު ބުނީ އޭނާ ކައިރީ ރޮނާލްޑޯ މަޑުކުރަން ބޭނުންވި ކަމަށާއި, އެކަމަކު ރޮނާލްޑޯގެ ނިންމުން ބަލައިގަންނަން ޖެހޭ ކަމަށެވެ. ކޯޗު ބުނީ ރޮނާލްޑޯ އަކީ ރޮނާލްޑޯ އަކީ ދުނިޔޭގެ ފުޓްބޯޅައަށް 'ރިފަރެންސް' އެއް ކަމަށެވެ. ޕޯޗްގަލް އާއި ގައުމީ ޓީމަށްވެސް ރޮނާލްޑޯ އަކީ ރިފަނެރްސް އެއް ކަމަށް ކޯޗު ބުންޏެވެ.

"
އޭނާ (ރޮނާލްޑޯ) އަކީ ޕޯޗްގަލްގެ ރަމްޒެއް. އޭނާގެ ހުރިހާ އެއްޗެއް ޕޯޗްގަލްއަށް ދީފި. ރޮނާލްޑޯގެ ގިނަ ސަޕޯޓަރުންނަކީ ޒުވާނުން.
ޖީސުސް

ކޯޗު ވަނީ އަލް-ނަސްރުގައިވެސް ރޮނާލްޑޯއާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުނުކަން ފާހަގަކޮށްފައެވެ. ޕޯޗްގަލް އާއި ޕޯޗްގަލްގެ ތާރީޚުގައި ރޮނާލްޑޯގެ ނަން އަބަދުވެސް އޮންނާނެކަން ކޯޗު ފާހަގަކުރިއެވެ.

ރޮނާލްޑޯ އަށްފަހު ޕޯޗްގަލްގެ ކެޕްޓަން ބުރޫނޯ ފެނާންޑޭޒް ބުނީ އޭނާގެ ކުޑައިރުގެ 'އައިޑޮލް' އާއެކު ގައުމީ ޖަރޒީގައި ކުޅުމުގެ ފުރުޞަތު ލިބުމަކީ ފަޚުރެއް ކަމަށެވެ. އެކަމާ އަބަދުވެސް އުފާކުރާނެ ކަމަށެވެ. ރޮނާލްޑޯއާ އެންމެ ގާތުން އެންމެ ގިނަ ދުވަހު ކުޅުނު ޕޯޗްގަލްގެ ކުރީގެ ޑިފެންޑަރ ޕެޕޭ ބުނީ ރޮނާލްޑޯގެ ކެރިއަރަކީ ފުޓްބޯޅައަށްވުރެ މާ ބޮޑު އެއްޗެއް ކަމަށެވެ.

ފީފާގެ ރައީސް އިންފަންޓީނޯ ވެސް ވަނީ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅަ އަށް ފޯރުވި ރަނގަޅު ނުފޫޒުތަކަށް ޝުކުރު އަދާކޮށްފައެވެ. އިންފަންޓީނޯ ވިދާޅުވީ މުޅި ދުނިޔޭގެ ފުޓްބޯޅަ ސަޕޯޓަރުންގެ ހިތާ ހަމައަށް ވާސިލްވެވެނީ މަދު ކުޅުންތެރިއަކަށް ކަމަށާއި, ރޮނާލްޑޯ އަކީ އެފަދަ ކުޅުންތެރިއެއް ކަމަށެވެ. ރޮނާލްޑޯގެ ކެރިއަރަކީ ހުނަރާއި, މަސައްކަތުން ފުރިގެންވާ އާދަޔާ ހިލާފް ކެރިއަރެއްކަމަށް އިންފަންޓީނޯ ވިދާޅުވިއެވެ.

ރޮނާލްޑޯގެ ބައިނަލްއަޤްވާމީ ކެރިއަރު ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚުގައި ތާ އަބަދަށް ލިޔެވިފައި އޮންނާނެ ކަމަށް ފީފާގެ ރައީސް ވިދާޅުވިއެވެ. ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ ކޯޗާ ދެބަސްވެ، އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިންނެވެ. އެންމެފަހުން އޭނާ ހުރީ ގައުމީ ޓީމްގެ ސަސްޕެންޝަންގައެވެ. އެއީ ހުއްދަ ނުހޯދާ ކުއްލިއަކަށް ގައުމީ ޓީމްގެ ކޭމްޕް ދޫކޮށްލުމުންނެވެ.