ބަންގްލަދޭޝްގައި މިހާރު ފަށައިގެން ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕުގައި އެ ޤައުމުން ކުޅުނު ފުރަތަމަ މެޗުގައި، ބޫޓާނާ ދެކޮޅަށް ކުޅެ އުނދަގޫ މޮޅެއް ހޯދައިފިއެވެ.
ޑާކާ ނެޝަނަލް ސްޓޭޑިއަމުގައި، އެތައް ހާސް ސަޕޯޓަރުންނެއްގެ ކުރިމަތީގައި އަމިއްލަ ފަސްގަނޑުގައި ކުޅެ ބަންގްލަދޭޝް މި މެޗުން މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ.
މެޗުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް ލިބުނުއިރު، އެޓީމުގެ އެންމެ ނުރައްކާތެރި އެއް ތަރި ހަމްޒާ ޗޯދުރީއަށް، އޭނާ ކުޅެމުން އަންނަ އިނގިރޭސި ކްލަބް، ޝެފީލްޑް ޔުނައިޓެޑުން ރިލީސް ނުލިބޭތީ އަދި ޓީމާ ގުޅެވޭގޮތެއް ނުވެއެވެ.
މެޗުގައި ބަންގްލަދޭޝްއަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވާއިރު، މި ފުރުސަތުތަކުގެ ބޭނުން އެޓީމަށް ހިފޭގޮތެއް ނުވިއެވެ.
އެޓީމު މި މެޗުން މޮޅުކޮށްދިން ލަނޑު، 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު އިބްރާހިމެވެ. މިއީ އޭރިއާ ތެރެއިން ބޫޓާނުގެ ކުޅުންތެރިން ދިފާއުކުރަން އުޅުނު ބޯޅައެއް ކްލިއަރކޮށް ނުލެވި، މުޙައްމަދުއަށް ލިބުމުން އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.
މި މެޗުން މޮޅުވެގެން ބަންގްލަދޭޝަށް މުބާރާތުގެ ސެމީގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން އޮތީ ސްރީ ލަންކާއެވެ. ލަންކާއާއި ބޫޓާން މެޗުގައި ބޫޓާނަށް މޮޅު ނުވެވިއްޖެނަމަ ބަންގްލަދޭޝަށް ސެމީ ޔަގީންވާނެއެވެ.
ބޫޓާނާއި ލަންކާގެ މެޗު ކުޅޭނީ މި މަހުގެ އަށްވަނަ ދުވަހުގެރެއެވެ.