ޚަބަރު

އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް


  • މިއަހަރުގެ ނިޔަލަށް ޕްރޮމޯޝަން ކުރިއަށްދާނެ

  • ނަސީބުވެރި 4 ފަރާތެއް ހޮވާނެ

ބޭންކް އޮފް މޯލްޑިވްސްއިން އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބީއެމްއެލް އަދި ބީއެމްއެލް އިސްލާމިކް އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ފެށި މި ޕްރޮމޯޝަނަކީ، ކޮންމެ ދުވަހަކު ކުރާ ވިޔަފާރިތަކުން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

ބީއެމްއެލުން ވިދާޅުވީ، 5 ނޮވެމްބަރުން ފެށިގެން 31 ޑިސެންބަރުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި، ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކޮށްގެން ހަފުތާއަކު މަދުވެގެން 1,000 ރުފިޔާގެ ވިޔަފާރިކުރާ ކަސްޓަމަރުން ގުރުއަތުގައި ބައިވެރިކުރާނެ ކަމަށެވެ. މީގެ ތެރޭގައި ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކާއި، ޕޭމަންޓް ގޭޓްވޭ އަދި ކިއުއާރު މެދުވެރިކޮށް ކުރާ މުއާމަލާތްތައްވެސް ހިމެނޭކަމަށް މައުލޫމާތުދެއްވައެވެ.

ޕްރޮމޯޝަން ނިމުމުގައި ގުރުއަތުން ހޮވޭ 4 ނަސީބުވެރިންނަށް އަގުހުރި އިނާމުތަކެެއް ލިބޭނެއެވެ. އެގޮތުން ހާޑް ރޮކް ކެފޭ މޯލްޑިވްސްގައި ދެ މީހަކަށް ރޭގަނޑުގެ ކެއުމަކާއި، މެކްބުކް ނިއޯ، އެޕަލް ވޮޗް އަދި އެއަރޕޮޑްސް ހިމެނޭ އެޕަލް ބަންޑަލްއަކާއި، ބ.ފުޅަދޫގައި ހުންނަ ވިލާ މިއާގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތާއި، އިތުރު ހަތަރު މީހުންނާއެކު އެކްސްކާޝަން ދަތުރެއްގެ އިތުރުން ރިސޯޓެއްގައި ދެ މީހަކަށް ދެ ރޭ ޗުއްޓީއަކާއެކު މަންތާ ރޭ ބަލަން ދިއުމުގެ ފުރުސަތުވެސް ލިބޭނެއެވެ.

ބީއެމްއެލްއިން އަބަދުވެސް އަންނަނީ މިފަދަ ތަފާތު ޕްރޮމޯޝަންތައް މެދުވެރިކޮށް، އެ ކުންފުނީގެ ހިދުމަތްތައް ބޭނުންކުރާ ފަރާތްތަކަށް އަގުހުރި އިނާމުތައް ދެމުންނެވެ.