ސެނެގާލްގެ ޑާކާގައި ކުރިއަށްދާ ޔޫތު އޮލިމްޕިކްސް 2026 ގެ 50 މީޓަރު އަންހެނުންގެ ބަޓަފްލައި އިވެންޓުން ރާއްޖޭގެ ގައުމީ ރެކޯޑު އައުކޮށް، އަމްނާ ތަޒްކިޔާ މިރުސާދު ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ.
މި އިވެންޓުން ތަޒްކިޔާ ޤައުމީ ރިކޯޑް އައުކުރީ މީ 31.04 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. މި އިވެންޓުން ޖުމްލަ 40 ފެތުންތެރިންނާ ވާދަކޮށް ތަޒްކިޔާވަނީ 27 ވަނަ ހޯދާ ރަނގަޅު ކުރިއެރުމެއް ހޯދާފައެވެ.
50 މީޓަރު އަންހެނުންގެ ބަޓަފްލައި އިވެންޓުގެ ރެކޯޑް މީގެ ކުރިން ތަޒްކިޔާ ހަދާފައިވާ ޓައިމިންއަކީ 31.24 ސިކުންތެވެ. އެރިކޯޑް އޭރު އޭނާ ހަދާފައިވަނީ މިއަހަރު ތައިލެންޑްގެ ބެންކޮކްގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލްގައި ވާދަކޮށްގެންނެވެ.
މީގެ އިތުރުން ތަޒްކިޔާވަނީ ފްރީސްޓައިލް ހީޓްގައިވެސް ވާދަކޮށް، 28.17 އިން ރޭސް ނިންމާފައެވެ. މި އިވެންޓްގައި ބައިވެރިވި 68 ފެތުންތެރިންގެ ތެރެއިން ތަޒްކިޔާ ވަނީ 28 ވަނަ ހޯދާފައެވެ. ފްރީސްޓައިލް ހީޓްގެ ޤައުމީ ރިކޯޑްވެސް ދަމަހައްޓަމުން އަންނަނީ ތަޒްކިޔާއެވެ. އޭނާ އެ ރިކޯޑް ހަދާފައިވަނީ 2026ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ވާދަކޮށް 27.99 ސިކުންތުން ރޭސް ނިންމައިގެންނެވެ.