ޚަބަރު

ޒަޕޮރީޜިޔާއަށް ރަޝިއާއިން ދިން ހަމަލާއެއްގައި 26 މީހުން މަރުވެއްޖެ


ޔޫކްރެއިނުގެ އިރުދެކުނު ޒަޕޮރީޜިޔާ ސަރަހައްދުގެ ކޮމިޝުވާޚާ އަވަށުގައި އެހީގެ ސާމާނު ބެހުމަށް ބޭނުންކުރަމުން ދިޔަ މަދަރުސާއަކަށް ރަޝިއާގެ ސިފައިން ދިން ވައިގެ ހަމަލާތަކެއްގައި 26 މީހުން މަރުވެއްޖެއެވެ. ގެއްލުނު 27 މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މަރުވި މީހުންގެ ތެރޭގައި މީހުން ސަލާމަތްކުރާ ދެ މުވައްޒަފުންނާއި ހަތަރު ފުލުހުން ހިމެނޭ ކަމުގައި ކުއްލި ހާލަތްތަކާ ބެހޭ ހިދުމަތްތަކުން ބުންޏެވެ. މީގެއިތުރުން. ޒަހުމްވި ފަސް މީހަކަށް ދަނީ ހަސްފަތާލުގައި ފަރުވާދެމުންނެވެ.

މި ހަމަލާއާ ގުޅިގެން ޔޫކްރެއިނުގެ ރައީސް ވޮލޮދޮމީރް ޒެލެންސްކީ ވިދާޅުވީ، މިއީ އެހީ ހޯދަން އާންމުން އެއްވި ވަގުތު ބަލައި އަމާޒުކުރި "ފިނޑި ނިރުބަވެރިކަމުގެ ހަމަލާއެއް" ކަމުގައެވެ. އެ ސަރަހައްދުގައި ހަމަލާތައް މަޑުޖައްސާލުމަށް ލިބުނު ފުރުސަތު ދޫކޮށްލުމަށްފަހު، ރަޝިއާއިން އިސްކަންދެނީ އާންމުން މެރުމަށް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މި ހަމަލާއާއެކު ޔޫކްރެއިނުން ވަނީ ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތަކުން ރަޝިއާ ބޮއިކޮޓު ކުރުމަށް ގޮވާލާފައެވެ.

ހަމަލާތައް ވަރުގަދަވަމުން ދިޔަ ނަމަވެސް، ހަނގުރާމަ ހުއްޓުވުމާއި ސުލްހައިގެ މަޝްވަރާތައް ބޭއްވުމަށް އެމެރިކާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ގޮތުން، ފިނި މޫސުމުގެ ކުރިން ހައްލެއް ހޯދުމަށް ޓަކައި، ދެ ޤައުމުގެ ވަފުދުތައް ބައިވެރިވާ މަޝްވަރާތަކެއް ނޮވެންބަރު 10 އަދި 11 ގައި އަބޫދާބީގައި ބޭއްވުމަށް އެމެރިކާއިން ދަނީ ރާވަމުންނެވެ.