ޚަބަރު

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 1472 ކޮންޓެއިނަރ ކްލިއާކުރި


  • ގިނައިން ކްލިއާ ކޮށްފައިވަނީ ބިހާއި ފިޔާ

  • ޖުމުލަ 41،959.34 ފްރައިޓު ޓަނުގެ މުދާ ކްލިއާކުރި

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް، އެމްޕީއެލުން މިދިޔަ ހަފުތާގައި އެކަނިވެސް 1958 ކޮންޓެއިނަރ ކްލިއާ ކޮށްފައިވާކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ. އޭގެތެރޭގައި ގިނައީ، އަސާސީ ކާބޯތަކެތި ކަމަށްވާ ބިހާއި ފިޔަލެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޑެޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އޮކްޓޫބަރު މަހުގެ ފަހު ހަފުތާގައި، ކޮންޓެއިނަރު އުފުލާ ބޯޓުފަހަރާއި މުދާ އުފުލާ ބޯޓުފަހަރުން ވެސް ކޮންޓެރިނަރ ވަނީ ކްލިއާ ކޮށްފައެވެ. އެގޮތުން 1472 ކޮންޓެއިނަރު އުފުލާ ބޯޓުފަހަރާއި، 486 އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 'ކޮންސައިންމަންޓްސް' ނުވަތަ ވިއްކުމުން ފައިސާ ދައްކާ ގޮތަށް ބަހައްޓާ މުދާ ހިމެނެއެވެ.

މި މުއްދަތުގެ ތެރޭގައި ކްލިއަރެންސް ދިން މިންވަރަށް ބަލާއިރު 41،959.34 ފްރައިޓު ޓަނުގެ މުދާ ކްލިއާ ކޮށްފައިވެއެވެ. ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން 39،051.74 ފްރައިޓު ޓަން ވަނީ ކްލިއާ ކޮށްފައެވެ. އަދި އާންމު މުދާ އުފުލާ ބޯޓުފަހަރުން 2907.6 ފްރައިޓު ޓަނުގެ މުދާ ވަނީ، ކްލިއާ ކޮށްފައެވެ.

މާލޭ ވިޔަފާރި ބަނދަރަށް މިދިޔަ ހަފުތާގައި އައި ބޯޓުފަހަރުގެ އަދަދަށް ބަލާއިރު ކޮންޓެއިނަރ އުފުލާ 2 ބޯޓާއި، އާންމު މުދާ އުފުލާ 5 ބޯޓު އައިސްފައިވެއެވެ. ފުރި އުޅަނދުތަކަށް ބަލާއިރު، ކޮންޓެއިނަރ އުފުލާ 4 ބޯޓާއި އާންމު މުދާ އުފުލާ 8 ބޯޓު މާލޭ ވިޔަފާރި ބަނދަރުން ފުރާފައިވެއެވެ.

ކޮންޓެއިނަރުގެ ތަފާސްހިސާބަށް ބަލާއިރު ބޭލި ކޮންޓެއިނަރުގެ އަދަދަކީ، 1،176 އެވެ. އަދި ބޭރުކުރި ކޮންޓެއިނަރުގެ އަދަދަކީ، 1،963 އެވެ. ޖުމްލަ އޮޕަރޭޝަންއަކީ، 3،139 ކަމަށް އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިދިޔަ ހަފުތާގެ ތެރޭގައި މޭވާއާއި ތަރުކާރީ ފަދަ އަވަހަށް ހަލާކުވާ މުދަލުގެ 67،869 ޕެކޭޖުވަނީ ކުލިއާ ކޮށްފައެވެ.

އެންމެ ގިނައިން ކުލިއަރކުރި އަސާސީ ކާބޯތަކެތީގެ ބާވަތްތައް:

* ބިސް: 16،278 ކޭސް
* ފިޔާ: 11،519 ބަސްތާ
* ކަރާ: 9،133 ކޭސް
* އަލުވި: 6،556 ބަސްތާ
* ޓޮމާޓޯ: 6،173 ކޭސް

ރާއްޖޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ، ހަލުވި ކަމާއިއެކު ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ، އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު މި ބަނދަރު ރަސްމީކޮށް ހުޅުވައި، ޚިދުމަތްދިނުމެވެ. މިއާއިއެކު އެމްޕީއެލްގެ އޮޕަރޭޝަންތައް އިތުރަށް އަވަސްވެ، ހަރުދަނާ ވެގެންދާނެއެވެ.