ޗެލްސީގެ ޑިފެންޑާރ މެކްސެސް ލެކްވާ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން އަންނަ ޖެނުއަރީ މަހާއި ހަމައަށް އޭނާ ކުޅުމާއި ދުރުގައި ހުންނަން ޖެހިދާނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އިނގިރޭސި ކަރަބައޮ ކަޕްގައި ލިވަޕޫލް އާއި ދެކޮޅަށް މިދިޔަ ބުދަ ދުވަހު ކުޅުނު މެޗުގައި އުމުރުން 26 އަހަރުގެ ފްރާންސް ޑިފެންޑަރަށް އަނިޔާވެ އޭނާ ވަނީ އެ މެޗުގައި ބަދަލުކޮށްފައެވެ. އެހެންކަމުން މި ސީޒަނުގައި އޭނާއަށް 10 ވަރަކަށް މެޗު ގެއްލޭނެއެވެ.
ލެކްވާއަށް އަނިޔާވެ ދިގު މުއްދަތަކަށް އޭނާ ކުޅުމާއި ދުރަށް ދާން ޖެހިފައިވާއިރު ޗެލްސީގެ ކޯޗު ޝަބީ އަލޮންސޯއަށް ވަނީ އަނިޔާގެ މައްސަލަތައް އިންތިހާއަށް ބޮޑުވެފައެވެ. އެގޮތުން އެއްވަނަ ކީޕަރު އެމިލިއާނޯ މާޓިނޭޒް އާއި ކެޕްޓަން ރީސް ޖޭމްސްގެ އިތުރުން ފޯވަޑް ޖޮއާއޯ ޕެޑްރޯއަށް ވަނީ އަނިޔާވެފައެވެ.
މާޓިނޭޒްގެ މޫނަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ދެން ކުޅޭނީ މޫނުގައި ހާއްސަ މާސްކެއް އަޅައިގެންނެވެ. ނަމަވެސް އޭނާ ކުޅެން ނިކުންނާނެ ދުވަހެއް އެ ކްލަބުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކްރިސްޓަލް ޕެލަސް އިން 52 މިލިއަން ޕައުންޑްގެ ފީއަކަށް މި ސީޒަނުގައި އަލަށް ޗެލްސީ އާއި ގުޅުނު ލެކްވާ ވަނީ އެ ޓީމު ކުޅުނު 11 މެޗުގައި މި ސީޒަނުގައި ކުޅެފައެވެ. އޭނާއަށްވުރެ ގިނައިން މި ސީޒަނުގައި ޗެލްސީއަށް ދެން މެޗުތައް ކުޅެދީފައިވަނީ މޯގަން ރޮޖާސްއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ޗެލްސީ ނިކުންނާނީ މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށެވެ.
ޗެލްސީ މިވަގުތު އޮތީ ޕްރިމިއާ ލީގުގައި 13 ޕޮއިންޓާއެކު ތާވަލުގެ 5 ވަނަ މަގާމުގައެވެ. ބައިކޮޅަށް ގިނަ ލަނޑުތަކެއް ވަދެފައިވާ ޗެލްސީއަށް މި ސީޒަނުގައި ލަނޑެއް ވަނަނުދީ ނިންމާލެވިފައިވަނީ އެންމެ މެޗެކެވެ.