ސިޔާސީ

ޕްރައިމަރީން ބަލިވުމުން އަމިއްލަގޮތުން ވާދަނުކުރެވޭ ގޮތަށް ހަދަނީ


އިންތިޚާބެއްގައި ވާދަކުރުމުގެ ފުރުޞަތު ހޯދަން ޕްރައިމަރީއެއްގައި ވާދަކޮށް ނާކާމިޔާބުވާ ފަރާތްތަކަށް އެފަހަރެއްގެ އިންތިޙާބުތަކުގައި ވާދަނުކުރެއްވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިޞްލާޙު ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން ހުށަހެޅުއްވި މި އިޞްލާހުގެ ފުރަތަމަ ކިޔުން ރިޔާސަތުން ވަނީ އިއްވަވާފައެވެ. މިއިޞްލާޙްގައި ވަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓް ހޯދުމަށްޓަކައި ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެމްބަރަކު ޕްރައިމަރީން ބަލިވެއްޖެނަމަ، އެ އިންތިޚާބުގައި އެހެން އެއްވެސް ހައިޘިއްޔަތަކުން ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިނަމަ އެ މީހެއްގެ ކެނޑިޑެސީ ބާޠިލްކުރަންވާނެ ކަމަށެވެ.