ޚަބަރު

ޔަމަނުގެ ޞިއްޙީ ނިޒާމު ހުއްޓި، އާންމުންނާއި މާބަނޑު އަންހެނުން ނުރައްކަލުގައި


ޔަމަނުގެ ތާޢިޒްގައި ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތައް ވަރުގަދަވެ، އެ ސަރަހައްދުގެ ސިއްހީ ޚިދުމަތްދޭ ނިޒާމު މުޅިން ހުއްޓުމަކަށް އައުމުގެ ބިރު ބޮޑުވެފައިވާ ކަމަށް އދ އާއި އެހީދޭ ޖަމާޢަތްތަކުން އިންޒާރު ދީފިއެވެ.

އޮކްޓޫބަރު މަހުން ފެށިގެން އެ ސިޓީ ހިސާރުކޮށްފައި އޮތުމުގެ ސަބަބުން ބޭހާއި، އޮކްސިޖަން އަދި ތެޔޮ ފަދަ އަސާސީ ތަކެއްޗަށް ވަނީ ބޮޑު ދަތިކަމެއް ކުރިމަތިވެފައެވެ.

ރެޑް ކްރޮސްއިން ބުނި ގޮތުގައި، ހަނގުރާމަ ކުރާ އެންމެ ކައިރީގައި ހުރި ހަސްފަތާލުތަކަށް ކޮންމެ ހަފުތާއަކު ޒަޚަމްވެގެން އަންނަ 700 އެއްހާ މީހުންނަށް ފަރުވާ ދޭންޖެހިފައިވާއިރު، ގިނަ ހަސްފަތާލުތަކުގެ ވިހާ ކޮޓަރިތައް މިހާރު ވަނީ ކުއްލި ފަރުވާދޭ ތަންތަނަށް ބަދަލުކުރަން ޖެހިފައެވެ.

މީގެ އިތުރުން ސިއްޙީ މަރުކަޒުތަކަށާއި އެމްބިއުލަންސްތަކަށް އަމާޒުވާ ހަމަލާތަކުގެ ސަބަބުން ބަލިމީހުން ޚިދުމަތް ހޯދަން ދިއުމަށް ވެސް ވަނީ ބިރުވެރިކަން އުފެދިފައެވެ.

މިގޮތުން، ބަޑީގެ ހަމަލާއެއްގެ ޝިކާރައަކަށްވި އުމުރުން 25 އަހަރުގެ މާބަނޑު އަންހެނެއްގެ ބަނޑުގައި އޮތް ދަރިފުޅު ގެއްލުން ފަދަ ހިތްދަތި، މަޖުބޫރީ ހާލަތްތަކާ މިހާރު ވަނީ ކުރިމަތިލާން ޖެހިފައެވެ.

އދއިން ފާހަގަކުރާ ގޮތުގައި، ސާފު ބޯފެނުގެ ދަތިކަމާއި ކުނި އުކާލުމުގައި ހުރި ދަތިތަކުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރުމުގެ ނުރައްކާ ވެސް މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.