ތަރައްްޤީ

ރައްޤާ ސަލާމަތްކުރުމަށް ޚާއްޞަ އޮޕަރޭޝަނެއް ފަށައިފި


އައި.އެސް ހަނގުރާމަވެރިންގެ އަތްދަށުގައިވާ ސޫރިޔާގެ އައް-ރައްޤާ ސަލާމަތްކުރުމަށް ޚާއްޞަ އޮޕަރޭޝަނެއް ސޫރިޔާ ސަރުކާރުން ފަށައިފިއެވެ. 

މިއޮޕަރޭޝަން ފަށާފައިމިވަނީ އިރާޤުގެ އުތުރުގެ ރަށެއްކަމަށްވާ މޫސަލްގައިވެސް މިފަދަ އެހެން އޮޕަރޭޝަނެއް އިރާޤުގެ ފައުޖުތަކާ އެމެރިކާއިން ކާމިޔާބުކަމާޢި އެކު ކުރިޔަށް ގެންދާ ދަނޑިވަޅެއްގައެވެ. 

ހައްދުފަހަނައަޅާފައިވާ އައި.އެސް ހަނގުރާމަވެރިންގެ މައި މަރުޖަޒެއްކަމަށްވާ ސޫރިޔާގެ އައް-ރައްޤާ އެމީހުންގެ އަތުން ސަލާމަތްކުރުމަށް ސޫރިޔާ ސަރުކާރާއި ގުޅިފައިވާ އެމެރިކާގެ ފައުޖުތަކުން މިހާރު ޚާއްޞަ އޮޕަރޭޝަނެއް  ވަނީ ފަށާފައެވެ. ރައްޤާ އައި.އެސް ހަނގުރާމަވެރިންގެ އަތްދަށުން ސަލާމަތްކުރުމަށް ކުރިޔަށް ގެންދާ އޮޕަރޭޝަނަކީ ކުރުދީންނާ، ޢަރަބި ހަނގުރާމަވެރިން އަދި އެމެރިކާގެ އެހީތެރިކަމާއި އެކު ހަރަކާތްތެރިވާ ސީރިއާ ޑިމޮކްރެޓިކް ފޯސަސް، އެސްޑީއެފްއިން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.  މިއޮޕަރޭޝަނަށް ނަންދެވިފައިވަނީ "ޔޫފްރެއިޓްސް އެންގާ" ގެނަމުންނެވެ. 

އޮޕަރޭޝަން ފެށުމާގުޅިގެން އައި.އެސް ހަނގުރާމަވެރިން ހަރަކަތްތެރިވަމުންދާ ސަރަހައްދުތަކުން ރައްކާތެރި ސަރަހައްދުތަކަށް ދިއުމަށް އެސްޑީއެފްއިން ރައްޤާގެ ރައްޔިތުން ކިބައިން ވަނީ އެދިފައެވެ.

އެމެރިކާގެ މިލިޓަރީ ކޮމާންޑަރެއް ބުނިގޮތުގައި ރައްޤާ އައި.އެސް އަތްދަށުން ސަލަމަތްކުރަން ޖެހޭ އެންމެ ބޮޑު އެއްސަބަބަކީ މިއީ އެމީހުންގެ މައި މަރުކަޒަކަށްވާތީވެ، ބޭރުގެ ޤައުމުތަކުގައިދޭ ޓެރަރިސްޓް ހަމަލާތައް ޕްލޭންކުރަން ބޭނުންކުރާ ޖަގަހައެއްގެ ގޮތުން މިތަން ބޭނުންކުރާ ކަމުގެ ރިޕޯޓްތައް ލިބިފައިވާތީކަމަށެވެ.

އަނެއްކޮޅު އިރާޤުގެ މޫސުލްގައި ކުރިޔަށް ގެންދާ އޮޕަރޭޝަނާއިއެކު ސޫރިޔާގައިވެސް މިފަދަ ހަރާކަތްތަކެއް ގެންދިއުމަށް އައި.އެސްއާއި ދެކޮޅަށް ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ ކޯލިޝަނުގެ ފަރާތުން ވަނީ އެއްބަސްވެފައެވެެ.

އިރާޤުގެ މޫސުލް އައި.އެސްގެ އަތްދަށުން ސަލާމަތްކުރުމަށް ކުރިޔަށް ގެންދާ އޮޕަރޭޝަން ވަރަށް ކާމީޔާބުކޮށް ކުރިޔަށްދާކަމަށް އިރާޤުގެ ސިފައިންނާ ގުޅިފައިވާ ފައުޖުތަކުން ވަނީ ބުނެފައެވެ.