ކުޅިވަރު

އޭޝިއަންގޭމްސް: ބަނގަލްދޭޝް 22 ކުޅިވަރަކުން 4 މެޑަލްގެ އުންމީދުގައި


ޖަޕާނުގައި މި މަހު ފަހުކޮޅު ފަށާ އޭޝިއަން ގޭމްސް ކުޅިވަރު މުބާރާތުގައި 22 ކުޅިވަރަކުން ބައިވެރިވި ނަމަވެސް މެޑަލް ލިބުމުގެ އުއްމީދު އޮތީ ހަތަރު ކުޅިވަރެއްގައި ކަމަށް ބަނގްލަދޭޝްއިން ބުނެފި އެވެ.

ޖަޕާނުގަ ނަގޯޔާގައި ފަށާ ގޭމްސްގައި މެޑަލް ހޯފުމުގެ އުއްމީދު އޮތީ ކްރިކެޓާއި ކަބައްޑީ އާއި ޝޫޓިން އަދި އާޗަރީންނެވެ.

"މީގެ ކުރިން އެކި ކުޅިވަރުތަކުން ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު ކަބައްޑީ އަކީ މެޑަލް ހޯދަފާނެ ކުޅިވަރެއް. އަހަރުމެން އެކަމަށް އުއްމީދު ކުރަން. ކްރިކެޓާއި ޝޫޓިން އަދި އާޗަރީން ވެސް އަހަރުމެން އުއްމީދު ކުރަން،" ބަނގްލަދޭޝްގެ އޮލިމްޕިކް އެސޯސިއޭޝަނުގެ ނާއިބް ރައީސް މޭޖަރ އިމްރޯޒް އަހުމަދު ވިދާޅުވި އެވެ.

އޭޝިއަން ގޭމްސްގައި ބަނގްލަދޭޝް އަށް މިހާތަނަށް މެޑަލް ލިބުނީ 14 ފަހަރު އެވެ. މީގެ ތެރެއިން ކަބައްޑީން ހަތް ފަހަރު، ކްރިކެޓުން ހަ ފަހަރު ހޯދިއިރު ދެން ލިބުނީ ބޮކްސިންއިންނެވެ.

ސެޕްޓެމްބަރު 19 އިން އޮކްޓޫބަރު ތިނަކަށް ކުރިއަށްދާ މި ފަހަރުގެ ގޭމްސްގައި ބަނގްލަދޭޝްއިން 90 ފިރިހެން އެތްލީޓުންނާއި 97 އަންހެން އެތްލީޓުން ބައިވެރި ކުރެ އެވެ. މި ކުޅުންތެރިންނާއެކު 73 ކޯޗުންނާއި އޮފިޝަލުން ވެސް ޖަޕާނަށް ދާނެ އެވެ.

މިވަރުގެ ގްރޫޕެއް ފޮނުވާތީވެ ބަނގްލަދޭޝްގެ ކުޅިވަރުގެ އެކި ފަރާތްތަކުން ވަނީ ސުވާލު އުފައްދަން ފަށައިފަ އެވެ. އެއީ އެންމެ ފަހުގެ ކޮމަންވެލްތް ގޭމްސްގައި މެޑެއްޔެއް ނުލިބި ހުސްއަތާ ނިންމާލަން ޖެހުމުންނެވެ.