އިންގްލިޝް ޕްރިމިއަރ ލީގުގައި ނޮޓިންގހަމް ފޮރެސްޓާއި ލިވަޕޫލް ބައްދަލުކުރި ލީގުގެ ދެވަނަ މެޗުވެސް އެއްވަރުވެގެން ނިމިއްޖެއެވެ.
ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މިމެޗު ނިމުނީ 2 ލަނޑު 2 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ލިވަޕޫލްއިން ބޯޅަ ގެންގުޅުނު އިރު ހަމަލާ އުފެއްދިފައިވަނީ ދެޓީމަށްވެސް ވަރަށް ހަމަހަމަ ކޮށެވެ. މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ފޮރެސްޓް އިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ މޯގަން ގިބްސް ވައިޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑޭން އެންޑޯއިއެވެ. މިލަނޑު ޖެހިތާ 10 މިނެޓް ފަހުން ލިވަޕޫލްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނު ކަމަށް ހީވި ނަމަވެސް ވީއޭއާރުން ބެލުމަށްފަހުވަނީ އެލަނޑު އޮފް ސައިޑް ކަމަށް ދައްކާފައެވެ.
މިމެޗުގައި ލިވަޕޫލުން ކުރަމުންދިޔަ މަސައްކަތް އެޓީމަށް ކާމިޔާބު ވެގެންދިޔައީ ދެވަނަ ޙާފުގެ 60 ވަނަ މިނެޓުގައި އެލެގްޒެންޑަރ އިސާކް ޖަހައިދިން ލަނޑުންނެވެ. ނަމަވެސް މިލަނޑު ޖެހިތާ 10 މިނެޓް ފަހުން ފޮރެސްޓް އިންވަނީ ދެވަނަ ފަހަރަށް މިމެޗުގައި ލީޑު ނަގައިފައެވެ. މެޗުގެ 70 ވަނަ މިނެޓުގައި ފޮރެސްޓް އިން ކާމިޔާބު ކުރި މިލަނޑު ޖަހާފައިވަނީ ލިބުނު ޕެނަލްޓީ އަކުން ގިބްސް ވައިޓްއެވެ. މިމެޗުގައި ލިވަޕޫލަށް ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗު ނިމެން 8 މިނެޓަށް ވެފައިވަނިކޮށް ވިކްޓަރ މުނޯޒް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިމެޗުގައި އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގޭތޯ މެޓީމުން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ.
މިމެޗު އެއްވަރު ވެގެން ނިމުމާއެކު ލިވަޕޫލުން މިސީޒަންގައި ލީގުގައި މިހާތަށް ކުޅުނު ދެ މެޗުވެސް މިވަނީ 2 ލަނޑު 2 ލަނޑުން އެއް ވަރު ވެފައެވެ. އަދި މިއީ ފޮރެސްޓަށްވެސް މިސީޒަންގައި ލިބިގެންދިޔަ ފުރަތަމަ ޕޮއިންޓެވެ. އެހެން ކަމުން ލިވަޕޫލްގެ ކޯޗު ކަމާއި މިސީޒަންގައި ހަވާލުވި އަންޑޯނީ އަރައޯލާ އާއި ފޮރެސްޓްގެ ކޯޗު ކަމާއި ހަވާލުވި އޮލިވަރ ގްލަސްނަރއަށް މިވަނީ މިދެޓީމާއެކު ލީގުގައި މެޗެއް ކާމިޔާބު ނުކުރެވިއެވެ.
މިމުބާރާތުގައި ބޯންމަތާއި އެވަޓަން ބައްދަލުކުރި މެޗު ނިމިގެންދިޔައީ އެއް ލަނޑު އެއް ލަނޑުން އެއްވަރުވެގެންނެވެ. މިމެޗުގައި ބޯންމަތުން މެޗުގެ 41 ވަނަ މިނެޓުގައި އެލެކްސް ސްކޮޓް ކާމިޔާބު ކޮށްދިން ލަނޑުން މެޗުގެ ލީޑު ނެގިއިރު އެވަޓަންއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ އިތުރު ވަގުތުގެ އެއްވަނަ މިނެޓްގައި އެވަޓަންގެ ކެޕްޓަން ޖޭމްސް ޓާކޯސްކީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.