ވިޔަފާރި

އެސް.ޓީ.އޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކުރަނީ


ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އެސް.ޓީ.އޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހެޔޮކުރަން ނިންމައިފިއެވެ.

ފިއުލް ސަޕްލައި މޯލްޑިވްސްގެ އޮޕަރޭޝަންތަކުގައި ބޭނުން ކުރުމަށް ބަނދެފައިވާ ތިން ބާޖް ރަސްމީކޮށް ބޭނުންކުރަން ފެށުމުގެ ގޮތުން މިއަދު ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވީ، މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހާ، މަސްވެރިންނަށް މަންފާހުރި ގޮތްތައް ހޯދައިދިނުމަކީ އެސް.ޓީ.އޯއިން ވަރަށްބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ.

މިގޮތުން ތެލުގެ އަގު ބޮޑުވުމުގެ ޝަކުވާއަކީ މަސްވެރިންގެ ފަރާތުން އަޑު އިވެމުން އަންނަ ޝަކުވާއެއް ކަމަށާއި، އެކަމަށް ޙައްލެއް ގެނައުމުގެ ގޮތުން، އެސް.ޓީ.އޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހެޔޮކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

ޝަހީރު ވިދާޅުވީ، މިފްކޯ، ކޫއްޑޫ، އަދި ކަނޑުއޮތްގިރި މެދުވެރިކޮށް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މަސްވެރިންނަށް ހެޔޮއަގުގައި ތެއޮ ގަންނަން ލިބޭނޭ ކަމަށާއި ތެލުގެ އަގަށް ގެންނަ ބަދަލު އެ ދުވަހު އާއްމުކުރާނޭ ކަމަށެވެ.