ޚަބަރު

މި އަންހެން މީހާއަށް މަލާމާތްކުރީ ކޮންބައެއް؟


"ވޯލްޑް ފާސްޓެސްޓް ކޭޝިއާ" ގެ ނަމުގައި ފޭސްބުކްގައި ދައުރުވަމުންދިޔަ މިވީޑިއޯ އިންފެންނަނީ ސާޅި އަޅާފައި އިން އަންހެނަކު ބޭންކެއްގެ ކައުންޓަރެއްގައި ކޭޝިއަރެއްގެ ވަޒީފާ އަދާކުރަމުންދާ މަންޒަރެވެ. މީހަކަށް ޚިދުމަށްދިނުމުގައި މި އަންހެންމީހާގެޙަރަކާތް މިވިޑިއޯއިން ފެނެއެވެ. fb:https://www.facebook.com/balaraju.somisetty/videos/vb.100003315661283/1115411248579387/?type=2&theater

ހީވަނީ ސްލޯމޯޝަނަށް ލާފައި ނުވަތަ ޙަރަކާތް ލަސްވާހެން އެޑިޓްކޮށްފައިވާ ވީޑިއޯއެއް ހެނެވެ. އަންހެންމީހާގެ ޙަރަކާތް އެހާވެސް ލަހެވެ. ބޭންކްފަދަ ޢާއްމުޚިދުމަތްދޭ ތަނެއްގައި ޚިދުމަތްދޭމީހަކު މިހާ ލަސް ނަމަ ޚިދުމަތް ހޯދާމީހުންރުޅިގަދަވާނެއެވެ. މިވީޑިއޯ ބަލާފައި އެތައް ބަޔަކު މި އަންހެންމީހާއަށް މަލާމާތްކުރިއެވެ. ހަޖޫ ޖެހިއެވެ."ވޯލްޑް ފާސްޓެސްޓް ކޭޝިއާ" ނުވަދަ ދުނިޔޭގެ އެންމެ އަވަސް ކޭޝިއަރު ގެނަމުގައި މީހަކު މިވިޑިއޯ ޝެއާކުރި ސަބަބަކީވެސް އެއީކަމަށް ވެދާނެއެވެ. ހަމަ ގައިމުވެސްމިވީޑިއޯގެ ނަމަކީ މަލާމާތެކެވެ. 

ފޭސްބުކްގައި އާންމުވި މި ވީޑިއޯއަށް މިހާތަނަށް 13 މިލިއަނަށްވުރެ ގިނަ ވިއުސްލިބިފައިވެއެވެ. އަދި  154,000 ފަހަރު މިވީޑިއޯ ޝެއާކޮށްފައިވެ އެވެ. މިވިޑިއޯ ފޭސްބުކުގައި ޝެއާކުރީ "ބަލާރާޖޫ" ކިޔާ މީހެކެވެ. އާދައާޚިލާފަށް ޙަރަކާތްލަސް މިއަންހެންމީހާ ޚިދުމަށް ދިނީ ބަލާރާޖޫ އަށެވެ. މި ވީޑިއޯ ސޯޝަލްމިޑިއާގައި ދައުރުވެގެންދިޔަ ހަލުވިކަމާއި، މީހުންގެމަލާމާތް ލިބިގެންދިޔތަ ބޮޑުކަމުން އިންޑިއާގެ ނޫސްތަކަށްވެސް މިޚަބަރު އެރިއެވެ. އަދި މިކަމުގެ ހަޤީގަތް ބަލައި ބައެއް ބޮޑެތި ނޫސްތަކުން ޝާއިއު ކުރިއެވެ. 

ހަޤީގަތަކީ ކޮބާ؟ 

އިންޑިއާ ޓުޑޭ ގައި ޝާއިއުކޮށްފައިވާގޮތުގައި މިއީ ޕްރޭމްލަތާ ޝިންދޭ ނަމަކަށްކިޔާ އަންހެނެކެވެ.  އޭނާ އަކީ ބޭންކް އޮފް މަހަރާސްތުރާގެޕުނޭ ބްރާންޗްގައި މަސައްކަތްކުރާ މުވައްޒަފެކެވެ. ވިޑިއޯއިން ފެންނަނީ އެތަނެވެ. އަންނަ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހު، ވަޒީފާއިން ރިޓަޔާކުރަން ޖެހޭމިއަންހެންމީހާ އަކީ އާދައާޚިލާފު ހިތްވަރުގަދަ އަންހެނެކެވެ. ވަޒީފާދެކެ އިންތިހާއަށް ލޯބިވާ ޚިދުމަތްތެރިއެކެވެ.ދާދިފަހުން އޭނާއަށްވަނީ ސްޓްރޯކެއް ޖެހިފަ އެވެ. އޭގެފަހުން ދެފަހަރަށް ހާޓް އެޓޭކެއް ވެސް ޖެހިފައިވެ އެވެ. ފަރުވާ ހޯދުމަށްފަހު އޭނާގެހަށިގަނޑުގެ ޙަރަކާތް ލަސްވެފައިވަނީ ވާގިނެތުމުގެ ސަބަބުންނެވެ. ކުރިން ހަށިގަނޑުގެ ގުނަންތަކުގައިހުރި އަވަސްކަން މިހާރު ނެތީއެވެ. ބޭންކް އޮފް މަހަރާސްތުރާއިން، ޕްރޭމްލަތާއަށް މުސާރަހިނގާގޮތަށް ޗުއްޓީ ވެސް ދިނެވެ. އެހެންނަމަވެސް އޭނާ ބޭނުންވީ އަންނަ އަހަރުގެފެބްރުއަރީމަހު އޭނާ ވަޒީފާއިން ރިޓަޔާ ކުރުމާހަމައަށް މަސައްކަތުގައިދެމިހުންނާށެވެ. އަދި ޝަރަފްވެރިގޮތުގައި ރިޓަޔާ ކުރާށެވެ. 

އެހެންނަމަވެސް ޕްރޭމްލަތާގެ ސިއްޙީ ޙާލަތު ހުރިގޮތުން އޭނާއަށް ކުރިންމަސައްކަތްކުރި، އަވަސްމިނުގައި މަސައްކަތް ނުކުރެވޭތީ، އޭނާއަށް އިޙްތިތާމްކުރުމުގެ ގޮތުންނާއި، އޭނާގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ޚާއްސަ ކައުންޓަރެއް ބަހައްޓައި އެތަނުގައި އޭނާއަށް މަސައްކަތް ކުރެވޭނެގޮތް އެބޭންކުން ހައިދިނެވެ. 

އެބޭންކާ ޙަވާލާދީ އިންޑިއާ ޓުޑޭ ގައި ޝާއިއުކޮށްފައިވާގޮތުގައި ޕްރޭމްލަތާގެ ކައުންޓަރަކީ އެބޭންކުގައި ޢާއްމުންނަށް ޚިދުމަތްދިނުމަށް ހުންނަ ކައުންޓަރުތަކުގެއިތުރުން، ބޭނުން މީހަކަށް އިޚްތިޔާރުކުރެވޭގޮތަށް ބައްޓާފައިވާ އިތުރު ޚާއްސަ ކައުންޓަރެކެވެ. 

ޕްރޭމްލަތާއަކީ ހިތްވަރުގަދަ އަންހެނެއް!

ޕްރޭމްލަތާއަކީ ފިރިމީހާ މަރުވެފައިވާ ހުވަފަތް އަންބެކެވެ. އޭނާގެ ހުރީއެންމެ ދަރިއެކެވެ. އެކުއްޖާ އުޅެނީ ޤައުމުންބޭރުގައެވެ. ޕްރޭމްލަތާ އޭނާގެ އަމިއްލަ ޚާރަދުތައް ބަލަހައްޓަނީ ބޭންކުގައި މަސައްކަތްކޮށްގެން ލިބޭއެއްޗަކުންނެވެ.  މިއަދު އޭނާއަކީ "ދުނިޔޭގެ އެންމެ ލަސް" ކޭޝިއަރަށް ވުމަކީވެދާނެކަމެކެވެ. އެހެންނަމަވެސް އޭނާގެ ރަންޒަމާނުގައި އެއީ ޚިދުމަތްތެރިއެކެވެ. ވަޒީފާއިން ރިޓަޔާކުރުމާ ހަމައަށްވެސް މަސައްކަތުގައި ދެމިހުންނަށް ބޭނުންވާ ނަމޫނާ އަންހެނެކެވެ. މިއަދު ނިކަމެތި ހާލެއްގައި ދިރިއުޅުން ތަޙައްމަލުކުރަން ޖެހުމުން، ހަޤީގަތް ނޭނގިތިބެ، އެތައްބަޔަކު އޭނާއަށް ކުރީ މަލާމާތެވެ. މިއީ ދެރަކަމެއް ނޫންތޯއެވެ؟

ވިސްނާލަންވީ ދެތިން ނުކުތާ! 

އަޅުގަނޑުމެން ދިވެހިންނަކީ ސޯޝަލް މީޑިއާއަށް ވަރަށްބޮޑަށް ދެވި ހިފާފައިވާބައެކެވެ. ވީޑިއޯއައި ފޮޓޯ ޝެއާކުރުމުގައި ހައްދެއްނެތް ބައެކެވެ. އަޅުގަނޑުމެންގެމެދުގައި ވެސް މިފަދަ ކަންކަން ހިނގާފައި އެބަހުއްޓެވެ. ވިސްނާލަންވީކަމަކީ ފެންނަކޮންމެ މަންޒަރެއްގެ ވިޑިއޯ ނުވަތަ ފޮޓޯ ޝެއާކުރާއިރު، އޭގެ ފަހަތުގައި އޮތްހަޤީގަތަކީ އެހެންކަމަކަށް ވެދާނެކަމެވެ. އެފަދަ އެއްޗެއް ޝެއާކޮށްގެން އެއްވެސް ހައްޤަކާނުލައި ބަޔަކަށް ހިތްދަތިކަމެއް ކުރިމަތިވެދާނެކަމެވެ.