ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން ރާއްޖޭގެ ރަށްރަށަށް އަމާޒުކޮށްގެން ތަޢާރަފްކުރި "ޗާލު ދިވެހިރާއްޖެ އެވޯޑު"ގެ 6 ކެޓަގަރީއެއްގެ ގަދަ 5 ހޮވައިފިއެވެ.
ޗާލު ދިވެހިރާއްޖެ އެވޯޑަކީ ރަށްރަށުގެ ރައްޔިތުންގެ އިސްނެގުމާއެކު، ރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ދިވެހީންގެ މުއްސަނދި އާދަކާދައާއި ސަޤާފަތް ކުރިއެރުވުމަށް ރަށްރަށުން ކުރާ މަސައްކަތްތައް ދެނެގަނެ، އެ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.
ގަދަ 5 ހޮވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަކީބު ވިދާޅުވީ، ދިވެހިރާއްޖެއަކީ ޗާލު ތަނެއް ކަމަށާއި އެ ޗާލުކަމުގެ ވާހަކައަކީ އެންމެންވެސް ދައްކާ ވާހަކައެއް ކަމަށެވެ. އަދި އާންމުކޮށް ގޮނޑުދޮށްތަކާއި މޫދުތަކުގެ ރީތި ވާހަކައިގެ އިތުރުން މުޖުތަމަޢުގައި ހުރި ރީތި ކަންކަން ދައްކާލުމަކީ މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދު ކަމަށް ވިދާޅުވިއެވެ.
"އާންމުކޮށް ޗާލޭ ބުނީމަ ދެކެވެނީ ގޮނޑުދޮށްތަކުގެ ރީތި ވާހަކައާއި، މޫދުތަކުގެ ރީތި ވާހަކަތައް. އޭގެ އިތުރުން އަޅުގަނޑުމެންގެ މުޖުތަަމައުގެ ހުރި ރީތި ވާހަކަތަކަކީވެސް ދައްކާލަންޖެހޭ ވާހަކަތަކެއް. އެހެންމަ އެކަންތައްތައް ތިބޭފުޅުންނާ ހަމައަށް ގެނެސްދިނުމުގެ މަގުސަދުގައި ގެނެސްދޭ ޕްރޮގްރާމެއް މިއީ" ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަކީބު ވިދާޅުވިއެވެ.
* ކަނޑުޖެޓީ, ރ. ރަސްގެތީމު
* ނައިވާދޫ ހޮހޮޅަ އަންޑަވޯޓާ ކޭވް، ހދ. ނައިވާދޫ
* މަތިވެރި ފިނޮޅު، އއ. މަތިވެރި
* ހިތަދޫ ކުޅި، ލ. ހިތަދޫ
* ހަނދު ދަނގެތި، އދ. ދަނގެތި
* އއ. އުކުޅަސް
* އއ. މަތިވެރި
* ބ. ކުޑަރިކިލު
* އދ. ދިގުރަށް
* އދ. ދަނގެތި
* އއ. މަތިވެރި
* ބ. ކުޑަރިކިލު
* ދ. ރިނބުދޫ
* އއ. އުކުޅަސް
* ވ. ކެޔޮދޫ
* އއ. އުކުޅަސް
* ބ. ކުޑަރިކިލު
* އދ. ދަނގެތި
* އއ. މަތިވެރި
* ފުވައްމުލަކު ސިޓީ
* ހދ. ނާވައިދޫ
* ބ. ކުޑަރިކިލު
* އއ. އުކުޅަސް
* އއ. މަތިވެރި
* ވ. ކެޔޮދޫ
* ގުރައިދޫ ބީޗް، ކ. ގުރައިދޫ
* ހިންނަވަރު ރީތި ބީޗް، ޅ. ހިންނަވަރު
* އުކުޅަސް ނެޗުރަލް ބީޗް، އއ. އުކުޅަސް
* މަތިވެރި ބީޗް، އއ. މަތިވެރި
* މަންދޫ ތުނޑި، އދ. މަންދޫ
މި އެވޯޑަށް ފުރަތަމަ ހުޅުވާލުމުން 6 ކެޓަގަރީއަކަށް 50 ރަށަކުން ކުރިމަތިލިއެވެ. އަދި ފުރަތަމަ ބުރުގެ ނަތީޖާއިން 11 އަތޮޅަކުން 14 ރަށެއް ދެވަނަ ބުރަށް ވަނީ ހޮވިފައެވެ. މި ބުރުގައި ކޮންމެ ކެޓަގަރީއަކުން ގަދަ 5 ހޮވާފައިވާއިރު، ފަނޑިޔާރުން އެ ރަށްރަށަށް ވަޑައިގެން، ހުށަހެޅި ދާއިރާތަކުން މުޖުތަމަޢުތަކުން ކޮށްފައިވާ މަސައްކަތްތައް ބަލައި މާކްސް ދިނުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މި އެވޯޑުގައި މާކްސް ދިނުމަށް ހަމަޖެހިފައިވަނީ ފަނޑިޔާރުންގެ %60 މާކްސް އަދި އާންމުންގެ ވޯޓުގެ %40 ހިމަނައިގެންނެވެ. ޕީއެސްއެމްއިން ބުނީ މިހާރު ކުރިއަށްދަނީ ނޮމިނީޒްތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ކަމަށާއި، ވަރަށް އަވަހަށް އާންމު ވޯޓަށް ހުޅުވާލާނެ ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ވަރަށް ކުލަގަދަ ރަސްމިއްޔާތެއްގައި އެވޯޑުތައް ދެވިގެންދާނެ ކަމަށްވެސް ޕީއެސްއެމްއިން މަޢުލޫމާތުދެއެވެ.