ޚަބަރު

އެޓޯލް ފުޓްސަލް: ނ. އަތޮޅުގެ ފައިނަލަށް މަނަދޫއާއި މަގޫދޫ


  • މަނަދޫ ފައިނަލަށް ދިޔައީ މާފަރު ބަލިކޮށްގެން

  • މަގޫދަު ފައިނަލް ޔަގީންކުރީ ޅޮހީގެ މައްޗަށް ކުރިހޯދައިގެން

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕުގެ ނ. އަތޮޅު މުބާރާތުގެ ފައިނަލުގެ ޖާގަތައް، މަނަދޫ އަދި މަގޫދޫއިން ހޯދައިފިއެވެ.

ނ. އަތޮޅުން 4 ޓީމު މި މުބާރާތުގައި ވާދަކުރިއިރު ފައިނަލްގެ ފުރަތަމަ ޖާގަ މަނަދޫއިން ހޯދީ، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާފަރުގެ މައްޗަށް 0-1އިން ކުރިހޯދައިގެންނެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ހަމަވިފަހުން މަނަދޫއަށް ކާމިޔާބުކޮށްދިނީ ޚަލަފް އަޙްމަދެވެ.