ޚަބަރު

ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް: ބ. އަތޮޅުގެ ޗެމްޕިއަނަކަށް އޭދަފުށި


  • ފައިނަލުގައި އޭދަފުއްޓާ ދެކޮޅަށް ކުޅުނީ ތުޅާދޫ

  • އޭދަފުށި މޮޅުވީ 0-2އިން

އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގެ ބ. އަތޮޅުގެ ޗެމްޕިއަންކަން އޭދަފުށިން ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން އޭދަފުށިން ހޯދީ ފައިނަލް މެޗުގައި ތުޅާދޫގެ މައްޗަށް 0-2އިން ކުރިހޯދައިގެންނެވެ.

ބ. އަތޮޅުގެ ހުރިހާ މެޗެއްވެސް ހޯސްޓުކުރި އޭދަފުށީ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގައި އޭދަފުށިން ދެލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގައެވެ.

އެގޮތުން މެޗުގެ 9ވަނަ މިނެޓުގައި މުޙައްމަދު ފާސިރުގެ ލަނޑުން އޭދަފުށިން ލީޑުނެގިއިރު އޭގެ ސިކުންތުކޮޅެއް ފަހުން އިޝާން އިބްރާޙީމް ވަނީ އެޓީމުގެ ދެވަނަ ލަނޑުޖަހައި އޭދަފުއްޓަށް ލީޑުފުޅާކޮށްދީފައެވެ.

މި މޮޅާއެކު އޭދަފުށިން ބ. އަތޮޅުގެ ޗެމްޕިއަންކަން ހޯދިއިރު، މުބާރާތުގައި ޖުމްލަ ހަ ޓީމެއް ބައިވެރިވެފައިވެއެވެ. އޭދަފުއްޓާއިއެކު ބ. އަތޮޅުގެ ގްރޫޕް އޭގައި ހިމެނުނީ މާޅޮހާއި ގޮއިދޫއެވެ. ތުޅާދޫ ހިމެނުނީ ދޮންފަނާއި ފެހެންދޫއާއިއެކު ގްރޫޕް ބީގައެވެ.

މި ދެ ގުރޫޕުން ސެމީގެ ޖާގަތައް ހޯދީ އޭދަފުއްޓާއި ތުޅާދޫގެ އިތުރުން ގޮއިދޫއާއި ދޮންފަނެވެ.