ހުއިފިލަނޑާގެ ބާވަތެއް ކަމަށްވާ "އެމްބަރފިޝް ސީކިއުކަންބާ" ނުވަތަ ކަޓްޗަލަ ބޭރު ކުރުމާއި ގުޅޭގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން އެކްސްޕޯޓަރުންނާއެކު މަޝްވަރާކޮށްފިއެވެ.
މި ބާވަތުގެ ހުއިފިލަނޑާއަކީ، ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ މުއާހަދާ ނުވަތަ ސައިޓީސް ލިސްޓުގައި ހިމެނޭ އެކްސްޕޯޓު ކުރުމުގެ ހުއްދަ ހޯދަންޖެހޭ ބާވަތްތަކެވެ. ރާއްޖެއަށް މިހާރު ވަނީ، މި ބާވަތުގެ ހުއިފިލަނޑާ ބޭރު ކުރުމުގެ ހުއްދަ ލިބިފައެވެ.
Together with the @MoEnvmv , the Ministry met with sea cucumber exporters to discuss the implementation of the Non-Detriment Finding (NDF) for CITES-listed amberfish sea cucumber and the requirements for facilitating its export.
— Min of Fisheries, Agriculture and Ocean Resources (@MFAORmv) August 10, 2026
The discussion focused on ensuring that… pic.twitter.com/yreve1z3wv
މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވަނީ، ހުއިފިލަނޑާ ބޭރުކުރާ ފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. މި މަޝްވަރާގައި ސައިޓީސް ލިސްޓުގައި ހިމެނޭ "އެމްބަރފިޝް" ހުއިފިލަނޑާ ބޭރު ކުރުމުގައި އަމަލުކުރާނެ "ނޮން-ޑެޓްރިމެންޓް ފައިންޑިންގ" (އެންޑީއެފް) ތަންފީޒުކުރުމާ ގުޅޭގޮތުންނާއި، ބޭރު ކުރުމަށް ބޭނުންވާ މިންގަނޑުތަކާ ބެހޭގޮތުން ހުއިފިލަނޑާ ބޭރު ކުރާ ފަރާތްތަކާއެކު ވަނީ މަޝްވަރާކޮށްފައެވެ.
މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލާފައިވަނީ، ބައިނަލްއަޤުވާމީ ވިޔަފާރިތައް ކުރިއަށް ގެންދިއުމުގައި ސައިޓީސްގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުން ކަށަވަރު ކުރުމާއި، ހުއްދަ ހޯދަން އަމަލުކުރާނެ ގޮތްތަކާއި ގުޅޭގޮތުންނެވެ. މީގެއިތުރުން މިކަމަށް ލައިސަންސް ނަގާނެ ގޮތްފަދަ އެކްސްޕޯޓަރުންނަށް މުހިންމު މައުލޫމާތުތައް މިބައްދަލުވުމުގައި ހިއްސާކޮށްފައިވާ ކަމަށްވެސް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.