މޫސުން ގޯސްވެ ލ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
ހުދުސަމާލު ނެރެފައިވަނީ މިރޭ 20:30އިން ފެށިގެން 2:30އާއި ހަމައަށެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މި ސަރަހައްދުތަކަށް ބޯކޮށް ވާރެވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
White Alert for heavy rain, thunderstorms and gust. pic.twitter.com/lojjWElDOM
— Maldives Meteorology (@MetMaldives) July 30, 2026
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ "ލޯ ޕްރެޝަރ ޓަރަފް" އެއްގެ ސަބަބުން، ހުޅަނގު ފަރާތުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ ދަނީ އުފެދެމުންނެއެވެ. އަދި މާދަމާ ވަރަށް ބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާ ކުރެވޭކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.