ޚަބަރު

މަޝްހޫރު އެސްސީޖީ ސިމެންތި ސޮނީ ހާޑްވެއާއިން ބާޒާރަށް ނެރެފި


  • އެސްސީޖީގެ ބްރޭންޑުގެ 4 ބާވަތެއްގެ ސިމެންތި ތައާރަފްކުރި

  • ސިމެންތި ރާއްޖޭގެ ބާޒާރުގައި ވިއްކާނީ ސޮނީ ސިމެންތި ގޮތުގައި

  • އާންމުކޮށް ވިއްކާ ސިމެންތިއަށް ވުރެ ކޮލިޓީވާނެ ކަމުގެ ޔަޤީންކަންދޭ

ތައިލޭންޑް މަޝްހޫރު އެސްސީޖީ ސިމެންތި ސޮނީ ހާޑްވެއާއިން ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ. ސޮނީ ސިމެންތި ނަމުގައި ރާއްޖޭގައި ބާޒާރުގައި ވިއްކަން ފަށާފައިވާ މި ސިމެންތި ރާއްޖޭގައި ހިންގާ އިމަރާތްކުރުމުގެ އެކި މަޝްރޫޢުތަކަށް ބޭނުން ކުރެވޭނެކަމަށް ސޮނީންބުނެއެވެ.

ސޮނީ ހާޑްވެއާއިން ރާއްޖޭގެ ބާޒާރަށް ނެރެފައިވާ ސިމެންތި އަކީ ތައިލޭންޑް އަދި އިރުމަތީ އޭޝިއާ ހިމެނޭހެން ދުނިޔޭގެ މަޤުބޫލުކަން ހޯދާފައިވާ ސިމެންތި އެކެވެ. ބާސެލޯ ނަސަންދުރާގައި ބޭއްވި ހަފްލާގައި މި ސިމެންތި ތަޢާރަފްކޮށްދީ ސޮނީ ހާޑްވެއާގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ކަލީމް ވިދާޅުވީ އެކުންފުނިން ސިމެންތި ވިއްކަމުންދާތާ މިހާތަނަށް 45 އަހަރު ވެފައިވާ ކަމަށެވެ. މިހާރުވެސް ގިނަ ބައެއް އިތުބާރު ހޯދާފައިވާއިރު އެސްސީޖީ ބްރޭންޑް ސިމެންތި ރާއްޖެއަށް ތަޢާރަފް ވުމަކީ އެންމެންނަށްވެސް ފައިދާ ކުރާނެ ކަމެށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ޤަބޫލުކުރަނީ ސޮނީ ހާޑްވެއާއިން މި އިންޑަސްޓްރީއަށް ވަދެ ސިމެންތި ވިއްކަން ފެށީމަ ހުރިހާ އެންމެންނަށްވެސް އޭގެ ފައިދާ ކުރާނެ. އެސްސީޖީ ކީއްވެތޯ. އަޅުގަނޑުމެން އެސްސީޖީ ޚިޔާރު ކުރީ ވަރަށް ގިނަ ބެލުންތަކެއް ބަލާފައި. އަބަދުވެސް ކޮލިޓީ ރަނގަޅު ޕްރޮޑަކްޓްތައް ވިއްކާ ބައެއް. ވަރަށް ގިނަ ގޮތްގޮތުން ވަރަށް ގިނަ އެޑްވާންޓޭޖްތަކެއް ލިބޭ ކުންފުންޏެއް. " ކަލީމް ވިދާޅުވިއެވެ.

ސޮނީ ހާޑްވެއާއިން ވަނީ އެސްސީޖީގެ ސިމެންތި އަކީ ކޮލިޓީ ރަނގަޅު އަދި ރާއްޖޭގެ މިހާރު އިމާރާތްކުރުމުގެ ސިނާޢަތުގައި ބޭނުން ކުރެވޭނެ ސިމެންތިއެއްކަން ފާހަގަކޮށްފައެވެ. އަދި މި ސިމެންތި އަކީ މިވަގުތު ރާއްޖޭގެ ބާޒާރުގައި ވިއްކާ އާންމު ސިމެންތިތަކާއި ބަލާއިރު އެންމެ ގިނަ ދުވަހު ހިފަހައްޓާނެ އެއް ސިމެންތި ބްރޭންޑަށް ވާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ސޮނީ ހާޑްވޭއިން ވަނީ އެސްސީޖީގެ 4 ބާވަތެއްގެ ސިމެންތި ރާއްޖޭގެ ބާޒާރަށް ނެރެފައެވެ.

ސޮނީ ހާޑްވެއާއިން ބާޒާރަށް ނެރުނު ސިމެންތި ބާވަތްވައް

1. ތަޅުން އެޅުމަށް ޚާއްސަ ސިމެންތި
2. ފާރު ރޭނުމަށް ޚާއްސަ ސިމެންތި
3. ފާރުގައި ސިމެންތި ޖެހުމަށް ހާއްސަ ސިމެންތި
4. ތިމާވެއްޓާއި ރަށްޓެހި "ލޯ ކާބަން" ސިމެންތި

ސޮނީ ސިމެންތި ބާޒާރަށް ނެރޭއިރު، އެސްސީޖީގެ "ލޯ ކާބަން" ސިމެންތިވެސް ރާއްޖޭގެ ބާޒާރަށް ނެރެއެވެ. ރާއްޖެ ކަހަލަ ނާޒުކު ތިމާވެއްޓެއް އޮންނަ ޤައުމެއްގައި މިހާރު ހުރިހާ ފަރާތްތަކުން އުފެއްދުންތައް ބޭނުން ކުރުމުގައި ތިމާވެއްޓާއި ރަށްޓެހި އުފެއްދުންތައް ބޭނުން ކުރަން މުހިންމު ކަމަށް ސޮނީ ހާޑްވެއާގެ މެނޭޖިން ޑިރެކްޓަރ މޫސާ ކަލީމް ފާހަގަކުރިއެވެ.

މި ހަފްލާގެ ތެރެއިން އެސްސީޖީން ވަނީ އެކުންފުނީގެ ސިމެންތީގެ ޓެކްނިކަލަ މައުލޫމާތުތައް ހިއްސާކޮށްފައެވެ. އެގޮތުން އާންމުކޮށް ބާޒާރުގައި ވިއްކާ ސިމެންތިއަށް ވުރެ ސޮނީ ސިމެންތީގެ ވަރުގަދަ ވާނެ ކަމަށް ބުންޏެވެ. އަދި އެކުންފުނިން ވަނީ ކޮލިޓީ ދެމެހެއްޓުމުގައި އެކުންފުނި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދީފައެވެ. ސޮނީ ހާޑްވެއާއިންވެސް ވަނީ ރާއްޖޭގައި ބާޒާރަށް ގެންނަ ކޮންމެ ސިމެންތި ބެޗެއްގެ ކޮލިޓީ އެކުންފިނިން ކަށަވަރު ކުރާނެ ކަމަށް ބުނެފައެވެ.