ޚަބަރު

އުމުރުން ދުވަސްވީ މީހަކު އޭދަފުށީ ފަޅުތެރޭގައި ނިޔާވެފައި އޮތްވާ ފެނިއްޖެ


  • ނިޔާވެފައިވަނީ އުމުރުން 82 އަހަރުގެ ފިރިހެނެއް

އުމުރުން ދުވަސްވެފައިވާ މީހަކު ބ. އޭދަފުށީ ބަނދަރު ސަރަހައްދު މޫދުގައި ނިޔާވެފައި އޮތްވާ ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ ނިޔާވެފައި އޮތްވާ ފެނިފައިވަނީ ބ. އޭދަފުށީ، ސީސަންގެ، އުމުރުން 82 އަހަރުގެ ޢަލީ ޢަބްދުﷲ ކަމަށެވެ. އޭނާ ނިޔާވެފައި އޮތްވާ ފެނިފައިވާކަމަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދު 7:55 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިކަމުގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ. ނަމަވެސް މިމައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.