ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ސެނެގާލް ޓީމުގެ ކޯޗު ޕާޕޭ ބޮއުނާ ތިއާއު އެމަގާމުން ވަކިކޮށްފިއެވެ.
ސެނެގާލްއިން ހާމަކުރިގޮތުގައި މިފަހަރުގެ ވޯލްޑް ކަޕްގައި ސެނެގާލްގެ ޓީމުން ހޯދި ނަތީޖާ ތަކަށް ބަލާއިރު ޤައުމީ ޓީމުގެ ކޯޗުކަމުގެ މަގާމަށް ބަދަލު ގެއްނަންޖެހެއެވެ. އެންމެ ފަހުން ބޭއްވި އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލްގައި މޮރޮކޯގެ މައްޗަށް ހޯދި ކާމިޔާބީ އާއެކު މިފަހަރުގެ ވޯލްޑް ކަޕްގައި ރަނގަޅު ހިސާބަކަށް ނުވަތަ ތައްޓަށް ވާދަކުރާ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ދިއުމަށް އެޤައުމުން އުންމީދު ކުރިއެވެ. ނަމަވެސް ގްރޫޕް މަރުހަލާގެ ފުރަތަމަ ދެމެޗުން ފަރަންސޭސިވިލާތާއި ނޯވޭ އަތުން ބަލިވުމުގެ އިތުރުން 32 ޓީމުގެ ބުރުގައި 2 ލަނޑު ސުން ލަނޑުން ބެލްޖިއަމްގެ މައްޗަށް ލީޑު ނެގުމާއެކުވެސް ވަނީ އެމެޗުން 3 ލަނޑު 2 ލަނޑުން ބަލިވެފައެވެ.
އުމުރުން 45 އަހަރުގެ ތިއާއު އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލްގައި ސެނެގާލް ޓީމު މެޗުގެ ތެރޭގައި ދަނޑުން ބޭލުމުގައި އިސް ދައުރެއް އަދާކޮށްފައިވާތީ ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް، ކަފްއިން ވަނީ އޭނާ ފަސް މެޗަށް ސަސްޕެންޑް ކޮށްފައެވެ. އެހެން ކަމުން މިއަހަރުގެ ސެޕްޓެމްބަރު މަހު 2027 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކޮލިފައިން ފަށާއިރު އޭނާއަށް ސެނެގާލް މެންޗުގައި ނިއިދެވޭނެއެވެ.
ފަރަންސޭސި މީޑިއާ ތަކުގައި ވާގޮތުން ސެނެގާލްގެ ކޯޗުކަމުގެ މަގާމަށް ގެނައުން އެންމެ ގާތީ ފަރަންސޭސިވިލާތާއި އެކު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ އެޤައުމުގެ ކުރީގެ ތަރި ޕެޓްރިކް ވިއޭރާއެވެ. ވިއޭރާ އުފަންވެފައިވަނީ ސެނެގާލްގެ ވެރިރަށް ޑާކާއަށެވެ.