ޚަބަރު

މިއީ އަހަރުމެންގެ ދުވަހެއް ނޫން: ޕޮޗެޓީނޯ


ފީފާ ވޯލްޑްކަޕްގެ ގަދަ 16 ގައި ރޭ ބެލްޖިއަމް އާއި ދެކޮޅަށް އެމެރިކާ ކުޅުނު މެޗުގައި އެ ޓީމުގެ އަސްލު ކުޅުން ދެއްކިފައިނުވާކަމަށް ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

ސްޕެއިން އަތުން 4-1 ގެ ނަތީޖައަކުން ބަލިވި މެޗަށްފަހު ޕޮޗެޓީނޯ ބުނެފައިވަނީ ޓީމެއްގެ ގޮތުގައި އަސްލު ކުޅުން ދެއްކިފައިނުވާ ކަމަށާއި ބެލްޖިއަމް ފެނިގެންދިޔައީ މާ ވަރުގަދަކޮށް ކަމަށެވެ.

އެމެރިކާ އިން މި މެޗަށް ނިކުތުމުގެ ކުރިން އެންމެ ބޮޑަށް ފާޑު ކިއުން އަމާޒުވެގެންދިޔައީ ބޮސްނިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ފޯވަޑް ބަލޮގަން އަށް ދެއްކި ރަތް ކާޑަށް އަމަލު ކުރުން ސަސްޕެންޑްކޮށް ފީފާ އިން އޭނާ އަށް މި މެޗުގައި ކުޅެވޭނެ ގޮތް ހެދުމުން އެކަމަށެވެ.

ނަމަވެސް އެކަމާއި ގުޅޭ ގޮތުން ޕޮޗެޓީނޯ ވަނީ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަ ދައްކަން ދެކޮޅު ހަދާފަ އެވެ.

އޭނާ ބުނެފައިވަނީ ދަނޑުން ބޭރުގައި ހިނގާފައިވާ ކަންތައްތަކާއި ގުޅިގެން މެޗަށް އަސަރުކޮށްފައިނުވާ ކަމަށާއި މި މެޗުން ރަގަޅު ނަތީޖާއެއް ނުހޯދުނީ މިއީ އެ ޓީމުގެ ދުވަސް ކަމުގައި ނުވާތީ ކަމަށެވެ.

ޕޮޗެޓީނޯ އިތުރަށް ބުނެފައިވަނީ މި މުބާރާތުގެ ގަދަ 16 އަށް ދަތުރު ކުރުމަކީވެސް އެމެރިކާއަށް ކާމިޔާބީއެއް ކަމަށާއި އެ ގައުމުގެ ފުޓްބޯޅަ ކުރިއަރަމުން އަންނަ ކަމަށެވެ.