ޚަބަރު

ރޮނާލްޑޯގެ ވަރލްޑްކަޕް އުއްމީދު ނިމި، ސްޕެއިން ކުއާޓަރ ފައިނަލަށް


  • ސްޕެއިން 1 - 0 ޕޯޗުގަލް

  • މިއީ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕް ފެނިލުން

  • ރޮނާލްޑޯ ހަ ވަރލްޑް ކަޕް ކުޅުނު

ރޮނާލްޑޯގެ ވަރލްޑްކަޕް އުއްމީދު ނިމި، ސްޕެއިން މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.

ދުނިޔެ ދުށް އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ވަރލްޑްކަޕް އުއްމީދަށް ނިމުން އައީ މުބާރާތުގެ ގަދަ 16 ޓީމްގެ ބުރުގައި ސްޕެއިން އަތުން ބަލިވެ، މުބާރާތް ނިމުމުންނެވެ.

މެޗު ސްޕެއިން ކާމިޔާބުކުރީ 90 މިނިޓް ލަނޑެއް ނުޖެހި އެއްވަރުވެފައި ވަނިކޮށް ދެއްކި އިތުރު ވަގުތުގެ ހަ މިނިޓްގެ ތެރެއިން ފުރަތަމަ މިނިޓްގައެވެ. ހިލޭ ޖެހުމެއް އަވަހަށް ފަށާ ތަނަވަސްކުރި ފުރުޞަތުގައި ފެރަން ޓޮރޭޒް ދިން ތްރޫ ޕާސް ތިރިތިރިން ގޯލަށް ފޮނުވާލީ މެރިނޯ އެވެ.

ދެ ކުޅުންތެރިންވެސް ކުޅެން ނިކުތީ ފަހު ފަނަރަ މިނިޓްގެ ތެރޭގައެވެ. ފެރަން ޓޮރޭޒް ކުޅެން ނިކުތީ 75 ވަނަ މިނިޓްގައި އަލެކްސް ބައެނާގެ ބަދަލުގައެވެ. އަދި މެރިނޯ ކުޅެން ނިކުތީ 85 ވަނަ މިނިޓްގައި ޑެނީ އޮލްމޯގެ ބަދަލުގައެވެ.

ސްޕެއިން އިން ލީޑް ނެގި ފަހުން ބެނާޑޯ ސިލްވާ އަށް ނަތީޖާ ހަމަހަމަ ކުރަން ފުރުޞަތެއް ލިބުނެވެ. އެކަމަކު ބަދަލަކަށް ނިކުއިން ބެނާޑޯ ސިލްވާ އޭރިޔާ ތެރެއިން ބޮލުން ފޮނުވާލި ބޯޅަ ކުޑަތަންކޮޅެއް މަތިވީއެވެ.

މިމެޗުގެ ކުރިން 41 އަހަރުގެ ރޮނާލްޑޯ ވަނީ މިއީ އޭނާގެ ފަހު ވަރލްޑްކަޕް ކަން އިއުލާނުކޮށްފައެވެ. އެހެންކަމުން ކުޅުންތެރިއެއްގެ ގޮތުގައި ވަރލްޑްކަޕް އުފުލާލުމުގެ ފުރުޞަތަށް ނިމުން އައީއެވެ. އެކަމަކު ގައުމީ ޓީމަށް ކުޅުން ހުއްޓާލާކަށް އަދި ރޮނަލްޑޯ ނުނިންމައެވެ.

މުބާރާތުގެ ކްއާޓާ ފައިނަލްގައި ސްޕެއިން ވާދަކުރަން ޖެހޭނީ ބެލްޖިއަމް ނުވަތަ އެމެރިކާއާއެވެ.